މެޗުގެ މޮޅު ކުޅުންތެރިޔާ: ސެންސީރޯގެ ޖަރޒީ ނަންބަރު 23 އިކްރާމް ޙުސައިން (ކ)
މެޗުގެ މޮޅު ކުޅުންތެރިޔާ: ސެންސީރޯގެ ޖަރޒީ ނަންބަރު 23 އިކްރާމް ޙުސައިން (ކ)
ކްލަބް އަޕްރައިޒިންގެ ފަރާތުން އިންތިޒާމުކޮށްގެން މުލަކަތޮޅު މަޑުއްވަރީގައި ބާއްވާ ސީޔޫ ޗެމްޕިއަންޝިޕް 2023 މިއަދު ހަވީރު މަޑުއްވަރީ ރަސްމީ ފުޓްސަލް ދަނޑުގައި ފަށައިފިއެވެ.

މިއަހަރުގެ މުބާރާތުގައި ޖުމްލަ 8 ޓީމަކުން ބައިވެރިވެފައިވާއިރު މިއީ މުބާރާތް ބާއްވާ 3 ވަނަ އަހަރެވެ. މި މުބާރާތުގައި މ. އަތޮޅުގެ 4 ރަށަކުން ޓީމްތައް ވަނީ ބައިވެރިވެފައެވެ. އޭގެ އިތުރުން މީމު އަތޮޅު ފުލުހުންގެ ޚިދުމަތުންވެސް ޓީމެއް މުބާރާތުގައި ބައިވެރިވެފައިވާ ކަމަށް މުބާރާތް އިންތިޒާމްކުރާ އަޕްރައިޒިންގެ ފަރާތުން ހާމަކޮށްފައިވެއެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މިމުބާރާތް ފެށުމުގެ ގޮތުން މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައިވަނީ ގްރޫޕް 1 ގެ ސެންސީރޯ އެފް.ޓީ އާއި ވޭވަށު އެކުވެރިންގެ ދިރުމެވެ. މި މެޗު 2 ލަނޑު 1 ލަނޑުން ކާމިޔާބު ކޮށްފައިވަނީ ސެންސީރޯ އެވެ. ސެންސީރޯ އަކީ މ. ދިއްގަރަށް ނިސްބަތްވާ ޓީމެއް ކަމަށް ސީ.ޔޫ އިން މަޢުލޫމާތު ދީފައިވެއެވެ.

މި މެޗުގައި ސެންސީރޯގެ ގޯލްތައް ކާމިޔާބު ކޮށްދީފައިވަނީ ޙުސައިން ފާރިޝް އާއި އިކްރާމް ޙުސައިނެވެ. ވޭވަށު ޓީމްގެ ހަމައެކަނި ގޯލް ކާމިޔާބު ކޮށްދީފައިވަނީ އަހުސަން ނައީމެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސެންސީރޯގެ ޖަރޒީ ނަންބަރު 23 އިކްރާމް ޙުސައިނެވެ.

މި މެޗުގެ ކުރިން މުބާރާތް ފެށުމަށް ޚާއްސަ ރަސްމިއްޔާތެއް މަޑުއްވަރީ ފުޓްސަލް ދަނޑުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.

މުބާރާތުގައި މިރޭ 3 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މިރޭ 20:00 ގައި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ބްރަދަރސް އޮފް ދަގްރާންޑޭ ނިކުންނާނީ ރައިޒިންގ ރޫކީސް އާ ދެކޮޅަށެވެ. އަދި 21:00 ގައި މުލީ ފުޓްސަލް ޓީމާ ދެކޮޅަށް މީމު ޕޮލިސް ނިކުންނައިރު 22:00 ގައި އެސް.އެން ސްޕޯޓްސް ކްލަބާއި ފޫލްސް އެސް.ސީގެ ފޯރިގަދަ ކުރިމަތިލުން އޮންނާނެއެވެ.

ސީޔޫ ޗެމްޕިއަންޝިޕަކީ ކްލަބް އަޕްރައިޒިންގެ ފަރާތުން އިންތިޒާމްކޮށް މ. މަޑުއްވަރީ ކައުންސިލުން އެންޑޯޒް ކޮށްފައިވާ މުބާރާތެކެވެ.

މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމަކީ ބްރަދަރސް އޮފް ދަ ގްރާންޑޭއެވެ. އަދި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ރަސް އޮންލައިނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން