މާދަމާ އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ނަމާދު ކުރައްވާނީ ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ ފޮރ ޕަބްލިކް ޕޮލިސީ، އަލްއުސްތާޛު މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ކަމަށް އިސްލާމިކް މިނިސްްޓްރީން ބުނެފިއެވެ.

ފިރުޒުލް އަކީ ވެރިކަން ބަދަލުވި މަރުހަލާގައި ރައީސް ޑރ މުހައްމަދު މުއިއްޒުގެ ތަރުޖަމާނަކަށް ހުންނެވި ބޭފުޅާއެވެ.

އިސްލާމިކް މިނިސްްޓްރީން ބުނީ މާދަމާ އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ނަމާދު ކުރައްވާނީ ފިރުޒުލް ކަމަށާއި ހުތުބާ ދެއްވާނީ އިންސާނާގެ ޙަޔާތުގައި ޞައްޙަ ޢަޤީދާގެ މުހިއްމުކަމުގެ މައްޗަށްކަމަށެވެ.

އިސްލާމިކް މިނިސްްޓަރ ޑރ. މުހައްމަދު ޝަހީމް ވިދާޅުވީ އަލްއުސްތާޛު މުޙައްމަދު ފިރުޒުލްއަކީ މިޞްރުގެ އަލްއަޒްހަރު ޔުނިވަރސިޓީގެ ކުއްލިއްޔަތުއްޝަރީޢާ ވަލްޤާނޫނޫން ތަޢުލީމު ޙާޞިލްކުރައްވާފައިވާ ޤުރުއާން ހިތު ދަސް ޢިލްމުވެރި ޒުވާނެއްކަމަށެވެ. އަދި ޤައުމީ އިސްލާމީ ޚިދުމަތުގެ އިސް ސަފުން ޒުވާނުން ފެންނަންވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގައި އާއްމުކޮށް އިމާމުވެ ހުކުރު ނަމާދު ކުރައްވަނީ އުމުރުން ތަންކޮޅެއް ހަރު ބޭފުކުންނެވެ. އެހެންކަމުން މިއީ ފަހުގެ ތާރީހެއްގައި ސްލާމީ މަރުކަޒުގައި ޒުވާނަކު އިމާމުވެ ހުކުރު ނަމާދު ކުރައްވާ ފުރަތަމަ ފަހަރެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް