މަސްވެރިންނަށް ނުދީ ހުރި ފައިސާ ދިނުމަށްޓަކާ 106 މިލިއަން ރުފިޔާ ރައީސުލްޖުމްހުރިއްޔާ ހަމަޖައްސަވައި ދެއްވާފައިވް ކަމަށް ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިއަދު ވިދާޅުވިގޮތުގައި މިވަގުތު މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މަސްކިރާފައި ނުލިބި ހުރި ފައިސާ ލަސްވާ ލަސްވުން ކަމަށެވެ. އެކަމުގެ ސަބަބުން މަސްވެެރި އާއިލާ ތަކުގެ ޒަރޫރީ އެތައް ކަމަކަށް ވަރަށް ބޮޑަށް އުނދަގޫވެފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ފާހަގަކުރެއްވިގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅަކީ މިކަމަށް ދާއިމީ ހައްލެއް ގެނެވޭނެ ގޮތަށް ކަންކަން ތަރުތީބު ކުރެއްވުމެވެ. އެކަމަށް ހުރި ހިރާސްތައް ނައްތާލެއްވުމުގެ މަސައްކަތްޕުޅު ބާރަށް ކުރިޔަށް ގެންދަވާ ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.
އެގޮތުން، މިރޭ މަސްވެރިންނަށް 106 މިލިއަން ރުފިޔާ ދެވޭނެ އިންތިޒާމުވެސް މިހާރު ރައީސް ވަނީ ހަމަޖައްސަވާފައި ކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި ސަރުކާރުގެ އަމާޒަކީ މަސްވެރިންގެ ޝަކުވާތަކަށް ދާއިމީ ޖުމްލަ ހައްލެއް ހޯދައިދިނުން ކަމުގައިވެސް ޝިޔާމް ވިދާޅުވިއެވެ.

މިވަގުތު މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މަސްކިރާފައި ނުލިބި ހުރި ފައިސާ ލަސްވާ ލަސްވުން. މަސްވެެރި އާއިލާ ތަކުގެ ޒަރޫރީ އެތައް ކަމަކަށް މިލަހުގެ ސަބަބުން ވަނީ ވަރަށް ބޮޑަށް އުނދަގޫވެފައި. ރައީސުލްޖުމްހޫރއްޔާ ގެ ވިސްނުންފުޅަކީ މިކަމަށް ދާއިމީ ހައްލެއް ގެނެވޭނެ ގޮތަށް… pic.twitter.com/FC4aPvy6Yz
— Ahmed Shiyam (@Shiyamaldives) December 7, 2023
ޝިޔާމް ފާހަގަކުރެއްވިގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅަކީ މިކަމަށް ދާއިމީ ހައްލެއް ގެނެވޭނެ ގޮތަށް ކަންކަން ތަރުތީބު ކުރެއްވުމެވެ. އެކަމަށް ހުރި ހިރާސްތައް ނައްތާލެއްވުމުގެ މަސައްކަތްޕުޅު ބާރަށް ކުރިޔަށް ގެންދަވާ ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.
އެގޮތުން، މިރޭ މަސްވެރިންނަށް 106 މިލިއަން ރުފިޔާ ދެވޭނެ އިންތިޒާމުވެސް މިހާރު ރައީސް ވަނީ ހަމަޖައްސަވާފައި ކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި ސަރުކާރުގެ އަމާޒަކީ މަސްވެރިންގެ ޝަކުވާތަކަށް ދާއިމީ ޖުމްލަ ހައްލެއް ހޯދައިދިނުން ކަމުގައިވެސް ޝިޔާމް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު