އެސްޓީއޯގެ ޗެއާމަނަކަށް އާމިރު މަންސޫރު ޢައްޔަންކުރައްވައިފިއެވެ.

އާމިރަކީ ކުރީގެ މަޝްހޫރު ޓެނިސް ކުޅުންތެރިޔެކެވެ. އަދި ރާއްޖެއަށް ގިނަ އަދަދެއްގެ ފްރެންޗައިޒް ވިޔަފާރިތައް ގެނައި ވިޔަފާރިވެރިޔެއްވެސް މެއެވެ.

މީގެ އިތުރަށްވެސް، ސަރުކާރުގެ ފަރާތުން އެކުންފުނީގެ ބޯޑަށް އައު ޑިރެކްޓަރެއްގެ ގޮތުގައި މުހައްމަދު މުރާދުވެސް ޢައްޔަންކުރައްވާފައިވާ ކަމަށް އެސްޓީއޯއިން ބުނެއެވެ. މުރާދަކީ އެސްޓީއޯގެ އެކި ޑިޕާޓްމަންޓްތަކުގައި އިސް މަޤާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން، އޭނާ ވަނީ އެސްޓީއޯގެ ރިސްކް ޑިޕާޓްމަންޓްގެ ޖެނެރަލް މެނޭޖަރުގެ މަގާމުވެސް އަދާ ކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް