އދ. ދިގުރަށުގެ ކުނިގޮނޑުން ވިހެއުމަށްފަހު އެއްލާލާފައި އޮތް ތުއްތު ކުއްޖަކު ފެނިއްޖެއެވެ.

ފުލުހުން ބުނީ އެ ތުއްތުކުއްޖާ ފެނިފައިވާކަމުގެ މަޢުލޫމާތު ލިބުނީ މިއަދު ހެނދު 09:20 އެހާކަންހާއިރު ކަމަށެވެ. އަދި އެކުއްޖާ ފެނުނީ ވިހެއުމަށްފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮއްވާ ކަމަށް މަޢުލޫމާތު ލިބިފައިވާކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

އަދި ކުއްޖާ މަރުވެފައިވާކަމަށް ކުއްޖާ ބެއްލެއްވި ޑޮކްޓަރު ފުލުހުންނަށް މައުލޫމާތު ދީފައިވާކަމަށްވެސް ފުލުހުން ހާމަކޮށްފައިވެއެވެ.

ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން ފުލުހުންގެ ޓީމެއް އެރަށުގައި މިހާރު ހަރަކާތްތެރިވަމުންދާކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް