ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން، މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް މެންބަރަކު އައްޔަން ކުރުމަށް ބާއްވާ ޖަލްސާ މިރޭ ބާއްވަން އެޖެންޑާކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެ މަގާމުން ދުރުކުރުމުގެ ޖަލްސާ ކުރިއަށް ދަނިކޮށް، އެކަމަނާ މިއަދު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އީވާ އިސްތިއުފާ ދެއްވީ އެމައްސަލަ މަޖިލީހަށް ހުށައެޅި ދިފާއުވާން ލިބުނު ފުރުސަތުގެ ވެސް ބޭނުން ކުރެއްވުމަށްފަހުއެވެ.
މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ އީވާގެ އިސްތިއުފާގެ ސިޓީ އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ކަން ހާމަކުރައްވައިފައެވެ. އަދި މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް މެންބަރަކު އިންތިޚާބު ކުރުމަށް ބާއްވާ ޖަލްސާ މިރޭ 8:30 ގައި އޮންނާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.
އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން ހުށައަޅާފައިވަނީ މަޖިލީހުގެ 50 މެންބަރުންގެ ސޮޔާ އެކުގައެވެ.
މަޖިލީހުގައި ދިފާއުވާން ލިބުނު ފުރުސަތުގައި ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ، އޭނާ މަގާމުން ވަކިކުރަން އުޅެނީ އެމްޑީޕީ އަށް ވެރިކަން ގެއްލުމުން އެ ކަމުގެ ބަދަލުހިފުމެއްގެ ގޮތުން ކަމަށެވެ. އީވާ ވިދާޅުވީ، ކުރީ ސަރުކާރުން ކުރި ވައްކަމާއި ގޯސްތަކަށް ލޯ މަރާލައިގެން ހުންނެވި ނަމަ މަގާމުން ވަކިކުރަން ނޫޅުއްވާނެ ކަމަށެވެ. އެހެން ނަމަވެސް ކުރީ ސަރުކާރުގެ ގޯސްތަކަށް ލޯ މަރާލައިގެން ދެން ވެސް ނުހުންނަވާނެ ކަމަށް އީވާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު