ޑިމޮކްރެޓްސްގެ ރައީސްކަން ކާމިޔާބުކުރެއްވި ކަމަށް ހަސަން ލަތީފް ހާމަކުރައްވައިފިއެވެ.

އިއްޔެ ބޭއްވި އިންތިޚާބުގެ ވަގުތީ ނަތީޖާ މިއަދު އިޢުލާންކުރާނެ ކަމަށް ދަ ޑިމޮކްރެޓްސްއިން ބުނެފައިވާއިރު، ހަސަން ވަނީ އޭނާ އިންތިޚާބު ކާމިޔާބުކުރެއްވިކަން ސޯޝަލް މީޑިއާގައި އިޢުލާންކުރައްވާފައެވެ. ހަސަން ވިދާޅުވީ އޭނާ އިންތިޚާބު ކާމިޔާބުކުރެއްވީ ބޮޑު ތަފާތަކުން ކަމަށެވެ.



އެންމެ 5000 ވަރަކަށް މީހުން ވޯޓުލާނެ ކަމަށް ބުނެފައިވާ އިއްޔެ ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ އިޢުލާން ނުކުރާ ސަބަބެއް ރަސްމީކޮށް އެޕާޓީއަކުން ހާމަކޮށްފައެވެ.

މި މަގާމަށް ހަސަންއާއި ވާދަކުރެއްވީ އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން އަމްރު ރަޝާދެވެ.

ހަސަން ލަތީފަކި މީގެ ކުރީގައި އެމްޑީޕީގެ ޗެއާޕާސަން ކަންވެސް ކުރެއްވި ބޭފުޅެކެވެ. މިވަގުތު އޭނާއަކީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާ ތަމްސީލުކުރައްވާ މެންބަރެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް