އައްޑޫސިޓީގައި ރޭ ދެ ގުރޫޕެއްގެ ދެމެދުގައި ހިންގި މާރާމާރީގައި އަމަލީގޮތުން ބައިވެރިވި 4 މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ހުކުރު ދުވަހު ހިނގި މި ހާދިސާއާއި ބުދަ ދުވަހު މާލޭގައި ހިންގި މާރާމާރީއާއި ގުޅިގެން ފުލުހުން ވަނީ މާލެއާއި އަތޮޅުތެރޭގެ ސަލާމަތީ ރައްކާތެރިކަން ބެލެހެއްޓުމުގެ ގޮތުން ޚާއްސަ މަސައްކަތްތަަކެއް ފަށާފައެވެ.
އެގޮތުން، އައްޑޫ ސިޓީގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި މާލެއިން އައްޑޫ ސިޓީއަށް އިތުރު ޓީމްތަކެއް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފައި ވެއެވެ. މި މަސައްކަތުގެ ތެރެއިން އައްޑޫގައި ހިނގި މާރާމާރީ މައްސަލައިގައި ތުހުމަތު ކުރެވޭ 4 މީހަކު ހައްޔަރުކުރެވިފައިވާ ކަމަށް ފުލުހުން ބުނެއެވެ. ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ އުމުރުން 18 އަހަރާއި 19 އަހަރާއި 20 އަހަރާއި 23 އަހަރުގެ ދިވެހި ފިރިހެނުންނެވެ.
މި މާރާމާރީގައި އަނިޔާވެފައިވަނީ އުމުރުން 30 އަހަރުގެ ދިވެހި ޒުވާނަކަށެވެ. އެ މާރާމާރީގައި އެ ޒުވާނާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު މިހާރު އޭނާއަށް ފަރުވާ ދިނުމަށް ވަނީ މާލެ ގެނެސްފައެވެ.

ޑިސެމްބަރު 1 ވަނަ ދުވަހުގެރޭ އައްޑޫ ސިޓީގައި ހިނގާދިޔަ މާރާމާރީގައި އަމަލީގޮތުން ބައިވެރިވިކަމަށް ތުހުމަތު ކުރެވޭ 4 ފަރާތެއް ވަނީ ރޭގެ ދަންވަރު ދިވެހި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައި. އަދި އަމަންއަމާންކަން ދެމެހެއްޓުމަށްޓަކައި ފުލުހުން ވަނީ ޚާއްސަ ފިޔަވަޅުތަކެއް އަޅާފައި. https://t.co/RK7dzoOVww
— Minister of Homeland Security & Technology (@min_mohst) December 3, 2023
އެގޮތުން، އައްޑޫ ސިޓީގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި މާލެއިން އައްޑޫ ސިޓީއަށް އިތުރު ޓީމްތަކެއް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފައި ވެއެވެ. މި މަސައްކަތުގެ ތެރެއިން އައްޑޫގައި ހިނގި މާރާމާރީ މައްސަލައިގައި ތުހުމަތު ކުރެވޭ 4 މީހަކު ހައްޔަރުކުރެވިފައިވާ ކަމަށް ފުލުހުން ބުނެއެވެ. ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ އުމުރުން 18 އަހަރާއި 19 އަހަރާއި 20 އަހަރާއި 23 އަހަރުގެ ދިވެހި ފިރިހެނުންނެވެ.
މި މާރާމާރީގައި އަނިޔާވެފައިވަނީ އުމުރުން 30 އަހަރުގެ ދިވެހި ޒުވާނަކަށެވެ. އެ މާރާމާރީގައި އެ ޒުވާނާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު މިހާރު އޭނާއަށް ފަރުވާ ދިނުމަށް ވަނީ މާލެ ގެނެސްފައެވެ.
ކިޔުންތެރިންގެ ހިޔާލު