މި ވެރިކަމަކީ އެމަނިކުފާނުވެސް ހިމެނޭހެން އެތައް ބައެއްގެ ބުރަ މަސައްކަތުން ގެނެވުނު ވެރިކަމެއް ކަމަށް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަތީފު (ސެމްބެ) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ އިޚްތިޔާރުކުރީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވަރު ކަމަށް ފާހަގަކުރައްވަމުން ޙުސައިން ވިދާޅުވީ މުޢިއްޒު އިސްކުރައްވަނީ ރައްޔިތުންގެ މަސްލަހަތު ކަމަށެވެ. އެހެންކަމުން، މި ވެރިކަމަކީ ރައްޔިތުންނަށް ލާބައާއި ނަފާހުރި ވެރިކަމަކަށް ހެއްދެވުމަށް ސާބިތުކަމާއިއެކީ ރައީސް މުޢިއްޒާއިއެކު ދެމިހުންނަވާނެ ކަމުގެ ޔަގީންކަން ނައިބު ރައީސް ޙުސައިން ދެއްވިއެވެ.



ނައިބު ރައީސް ޙުސައިން މިމޭރުމުން ވިދާޅުވެފައިވަނީ ޕީޕީއެމްގެ ލީޑަރ ކުރީގެ ރައީސް ޢަބްދުލް ޔާމީން ޢަބްދުލްޤައްޔޫމް އެޕާޓީން ވަކިވެވަޑައިގެން އައު ސިޔާސީ ޕާޓީއެއް އުފެއްދެވުމަށް ނިންމެވުމާ ގުޅިގެންނެވެ. ޕީޕީއެމް-ޕީއެންސީގެ ތެރޭގައި މައްސަލަތައް އުފެދި، ޔާމީން އެޕާޓީއާއި ވަކިވެވަޑައިގަތުމަށްފަހު ޔާމީން އަމިއްލަ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް މިހާރު ވަނީ ފައްޓަވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް