ހިތަދޫ އަންހެނަކު ގެއްލިގެން ފުލުހުން އޭނާ ހޯދުމުގެ މަސައްކަތް ކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ ސ. ހިތަދޫ / ކަދުރުމާގެ، އާއިޝަތު ވިސާމާ (39އ) އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ނޮވެމްބަރު 19 ވަނަ ދުވަހު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އާއިޝަތު ވިސާމާ ނޮވެމްބަރު 16 ވަނަ ދުވަހު މާލެ އައިސްފައިވާ ކަމަށާއި އޭނާގެ ޚަބަރެއް އެންމެ ފަހުން ވެފައިވަނީ ނޮވެމްބަރު 18 ވަނަ ދުވަހު ފޯނުންކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވެއެވެ.

އާއިޝަތު ވިސާމާގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހިތަދޫ ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9791612 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން އެދިފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް