ދިވެހިބަހުގެ އެކެޑަމީން އިންތިޒާމު ކުރައްވައިގެން ބާއްވަވާ އަދަބީ މުބާރާތްތަކުގައި ބައިވެރިވާ ބ.ތުޅާދޫ މަދަރުސާގެ ދަރިވަރުންގެ ބައެއް ފަރިތަކުރުންތައް މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖު ކަލްޗަރ އެންޑް ހެރިޓޭޖް އާދަމް ނަސީރު ބައްލަވައިލައްވައިފިއެވެ.
ތުޅާދޫ މަދަރުސާގެ އަދަބީ ހަރަކާތްތަކުގައި ބައިވެރިވާ ދަރިވަރުންނާ ވަޒީރު ބައްދަލުކޮށްލެއްވީ އެރަށުގައި ބާއްވާ ރަސްމީ ޖަލްސާއަކަށް ބ. ތުޅާދޫ ކައުންސިލުގެ ދަޢުވަތަކަށް ވަޑައިގެން ތުޅާދޫގައި ހުންނެވި ހުންނެވުމުގައެވެ.
ދަރިވަރުންނާ ބައްދަލުކުރައްވައި ހަތަރު ކަމަކަށް ވަޒީރު ނަސޭހަތް ދެއްވިއެވެ. އެއީ އަދަބީ ރޮނގުން ކުރިއަށްދާން ބޭނުންވާ ދިވެހި ކޮންމެ ދަރިވަރަކަށްވެސް އޮތް ނަސޭހަތެއްކަމަށް ވިދާޅުވިއެވެ. ވަޒީރު ފާހަގަކުރެއްވި ހަތަރު ކަމަކީ އަޑުއެހުމާއި، ކިޔުމާއި، ލިޔުމާއި އަނގަބަހުން ބަޔާންކުރުމެވެ. އޭގެ ތަފްޞީލުގައި ވަޒީރު ބާރުއެޅުއްވީ ސިޔަރަތު ފަދަ އަދަަބީ އުފެއްދުންތައް އަޑުއެހުމަށާއި ގިނަ ލިޔުންތައް ކިޔުމަށެވެ.
އަދަބީ މުބާރާތްތައް އިންތިޒާމުކޮށް ބޭއްވުމުގައި ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުޢްރަޙީމާއި އެކެޑަމީގެ މުވައްޒަފުން ވަރަށް ބުރަ މަސައްކަތްތައް ކުރައްވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަަދި މިފަދަ މުބާރާތްތަކަށް ދަރިވަރުން ފަރިތަކޮށްދެއްވުމަށް މުދައްރިސުން ކޮށްދެއްވާ މަސައްކަތްތަކަށާއި އެއްބާރުލުން ދެއްވާ ހުރިހައި ފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ.
އަދަބީ ކަންކަމަށް އިތުރު ދިރުން ބޭނުންވާކަން ތުޅާދޫ މަދަރުސާގެ ދަރިވަރުންނާއި މުދައްރިސުން ފާހަގަކުރެއްވުމުން، އަދަބިއްޔަތާއި ޤައުމިއްޔަތުގެ ކަންކަން ދިރުވުމަށް އަވަސް ހައްލެއް ގެނައުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވަރުގައި ވަރަށް އިސްކަން ދެވިފައިވާ ކަމެއްކަމަށާއި އިރާދަކުރެއްވިއްޔާ އެކަމުގެ ނަތީޖާ ފެންނަނިވި ގޮތަށް އެކަންކަން ކުރިއަށްދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު