ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށާއި، ސަރުކާރުގެ ބައެއް އިސް މަގާމުތަކަށް ބޭފުޅުން ޢައްޔަންކުރައްވައި އެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވައިފިއެވެ.

މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު ޢައްޔަނު ކުރައްވާފައިވަނީ ގ. އަތަ، ޔޫސުފް މާނިޢު މުޙައްމަދެވެ. ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް ޔޫސުފް މާނިޢު މުޙައްމަދު ޢައްޔަނު ކުރެއްވި ކަމުގެ ލިޔުން ޙަވާލުކުރެއްވުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބްލް އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރުގެ ކުރިފުޅުމަތީގައި، ކަސްޓަމްސް އޮފިސަރުންގެ ހުވައި، ޔޫސުފް މާނިޢު މުޙައްމަދު ‏ކުރެއްވިއެވެ. ‏މި މަޤާމަށް ޔޫސުފް މާނިޢު މުޙައްމަދު ޢައްޔަނު ކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރ ފެންވަރުގައެވެ.

މީގެ އިތުރުންވެސް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު ވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީގެ މަގާމަށް، ޅ. ހިންނަވަރު ބޮޑުފެންޑާގެ ޢަބްދުﷲ ނާޡިމް އިބްރާހީމް މިނިސްޓަރ ފެންވަރުގައި ޢައްޔަނު ކުރައްވާފައެވެ.

އަދި، ރައީސުލްޖުމްހުރިއްޔާ ވަނީ ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި އިތުރު ހަތަރު ބޭފުޅަކު ޢައްޔަނުކުރައްވާފައެވެ. އެބޭފުޅުންނަކީ:

މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް- މުޙައްމަދު ފަހުމީ ޙަސަން،

މިނިސްޓަރ އޮފް ސްޓޭޓް ފޮރ ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން- އިބްރާހީމް ޢާމިރު،

ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގޭގެ ސްޓޭޓް މިނިސްޓަރ- އަލްއުސްތާޛާ ފާޠިމަތު ޝަމްނާޒް ޢަލީ ސަލީމް

ކޮމިޝަނަރ އޮފް ޕްރިޒަންސް- ޙަސަން ޒަރީރު އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން