ނުހިއްކާ ސަރަހައްދަކުން ބިމެއް ރަޖިސްޓްރީ ނުކުރެވޭނެކަމަށާއި، ކުރީ ސަރުކާރުން އެކަން ކޮށްފައި އޮތީ އުސޫލުތަކާއި ހިލާފަށްކަމަށް ހައުސިންގ މިނިސްޓަރ ވިދާޅުވެއްޖެއެވެ.

މި ސަރުކާރުގެ ހައުސިންގ މިނިސްްޓަރ މިހެން ވިދާޅުވީ ނިމިގެން ދިޔަ ރައީސް ސާލިހުގެ ސަރުކާރުން ނުހިއްކާ އޮތް ގިރާވަރުފަޅުން ބަޔަކަށް ގޯތި ދޭން ނިންމައި އެކަމާއި ގުޅޭ އެއްބަސްވުންތަކެއްގައި ސޮއިކޮށްފައި ވަނިކޮށެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިންގ މިނިސްްޓަރ ހައިދަރު ވިދާޅުވީ ގަވާއިދާއި ގާނޫނުތަކުގައި އޮންނަ ގޮތުން ރަޖިސްޓްރީ ކުރެވޭނީ އިން ކަނޑާ ވަކިކޮށްފައި އޮންނަ، ފެންނަން އޮންނަ ބިމެއްގައިކަމަށެވެ. ނަމަވެސް ކުރީ ސަރުކާރުން ބަޔަކަށް ލިޔުންތަކެއް ދީފައި ވަނީ ނުހިއްކާ އޮތް ކަނޑުގެ ސަރަހައްދަކުން ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ނުހިއްކާ އޮތް ސަރަހައްދަކުން ބިމެއްގެ ރަޖިސްޓްރީ ނުކުރެވޭނެކަމަށާއި އެކަމާއި ގުޅިގެން ގާނޫނީ ލަފާ ހޯދަމުންދާކަމަށެވެ. އަދި އެކަމުގައި ގޮތެއް ނިންމާނީ ގާނޫނީ ލަފާ ލިބުމުންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ކުރީ ސަރުކާރުން ނުހިއްކާ އޮތް ސަރަހައްދަކުން ދީފައި ހުރި ގޯތިތަކުގެ ބަދަލުގައި މާލެ ސަރަހައްދުގައި ހިންގާ އެހެން މަޝްރޫއަކުން ގޯތި ދެއްވާނެކަމަށެވެ.

ކުރީ ސަރުކާރުން ވަނީ މާލެ ހުޅުމާލެ އަދި ގިރާވަރުފަޅުން ގޯތި ދޫކުރިކަމުގެ ލިޔުން ދޫކޮށްފައެވެ. ނަމަވެސް އޭގެތެރެއިން ގިނަ ގޯއްޗަކީ ވުޖޫދުގައި ނެތް ގޯތިތަކެއްކަން ފާހަގަކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް