އަރިއަތޮޅު ދެކުނުބުރި މަހިބަދޫ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި މަހިބަދޫ ކައިރީގައި އޮތް މާފަރު ފަޅު ހިއްކައި މީހުން ދިރިއުޅޭ ތަނެއްގެ ގޮތުގައި އެތަން ތަރައްގީ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ނިންމަވައިފި އެވެ.

ރައީސް އެގޮތަށް ނިންމެވިކަން ހާމަކުރީ ރައީސް އޮފީހުން ނެރުނު ދެންނެވުމެއްގައެެވެ.

މާފަރުފަޅަކީ ވަރަށް ބޮޑު ފަޅެކެވެ. އާބާދީގައި 3،000 އެއްހާ މީހުން ދިރިއުޅޭ މަހިބަދޫގެ ތިން ހަތަރުގުނަ ބޮޑު ބިމެއް މާފަރުފަޅު ހިއްކައިގެން ނެގޭނެ ކަން ފާހަގަކުރެވެއެވެ.

މަހިބަދޫ ދެކުނު ފަރާތުގައި އޮތް މާފަރުފަޅު ހިއްކުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. ރިޔާސީ ދައުރުގެ ފަސް އަހަރުގެ ތެރޭގައި ރައީސް ސޯލިހް ތިން ފަހަރަށް މަހިބަދޫއަށް ވަޑަައިގެންފައިވާއިރު މާފަރުފަޅު ހިއްކައި މީހުން ދިރިއުޅޭ ތަނެއްގެ ގޮތުގައި އެތަން ތަރައްގީ ކުރައްވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. 



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް