އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރައީސްކަމުގެ ހުވައުކުރެއްވުމުގެ ރަސްމިއްޔާތަށް އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ޚާއްސަ ވަފްދެެއް ވަޑައިގަންނަވާނެ ކަމަށް އެމެރިކާގެ ވައިޓް ހައުސްއިން އިއުލާންކޮށްފިއެވެ.

ވައިޓް ހައުސްއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި މި ވަފުދުގައި އެންމެ އިސްކޮށް ހުންނަވާނީ އެމެރިކާގެ އެޖެންސީ ފޯ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓްގެ އެޑްމިނިސްޓްރޭޓަރ އޮނަރަބަލް ސަމަންތާ ޕަވަރއެވެ.

މި ވަފްދުގައި އެމެރިކާއިން ރާއްޖެއަަށް ކަނޑައަޅާފައިހުންނަވާ ސަފީރު އޮނަރަބަލް ހޫގޯ ޔޮންއާއި ރައީސް ބައިޑަންގެ ޚާއްސަ އެސިސްޓެންޓް އަދި ނޭޝަނަލް ސެކިއުރިޓީ ކައުންސިލް،، ވައިޓް ހައުސްގެ ސީނިއާ ޑިރެކްޓަރ ފޯ ކްލައިމެޓް އެންޑް އެނާޖީ އޮނަރަބަލް ސާރާ ލަޑިސްލޯވެސް ހިމެނެއެވެ.

ނޮވެމްބަރ 17 ގައި އޮންނަ ޑރ. މުޢިއްޒުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ރާއްޖެއިން ބޭރުގެ ވަރަށް ގިނަ އިއްޒަތްތެރިން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އިންތިޤާލީ އޮފީހުން ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް