އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރު ކަމުގެ އިތުރު ދައުރަކަށް އަލީ ނަޝާތު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
އިތުރު ދައުރަކަށް ނަޝާތު އީސީ އަށް އައްޔަންކުރަން މަޖިލިހުން މިއަދު ފާސްކުރީ، އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގަތް 42 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ނަޝާތަށް އައްޔަންކުރުމާއި ދެކޮޅަށް 9 މެންބަރުން ވޯޓު ދެއްވިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ޖުލައި 25، 2018 ގައި އީސީއަށް އައްޔަން ކުރެއްވި ނަޝާތުގެ ދައުރު ހަމަވީ މި އަހަރުގެ ޖުލައި 25ގައެވެ.
ނަޝާތުގެ ދައުރު ހަމަވާތީ އޭނާ އިތުރު ދައުރަކަށް އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް އޭނާގެ ނަން ފޮނުއްވީ މޭމަހުގެ 29 ގައެވެ.
އޮކްޓޫބަރު 10 ގައި ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ބައިވެރިވެވަޑައިގަތް 11 މެމްބަރުންގެ ތެރެއިން 8 މެމްބަރުންގެ ވަނީ ނަޝާތުއަށް އިތުރު ދައުރެއް ދޭން ފެންނަ ކަމަށް ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު