މާފަންނު ގެއެއްގެ ބެލްކަނިން ބައެއް ވެއްޓި، މަގުމަތީގައި ހުރި ދިވެއްސަކަށް އަނިޔާވެއްޖެއެވެ.

މި ހާދިސާގައި މަގުމަތީގައި ހުރި ސައިކަލްތަކަށްވެސް ގެއްލުން ލިބިފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައި ވެއެވެ.

މާފަންނު ގެއެެއްގެ ބެލްކަނީން ބައެއް ވެއްޓި މަގުމަތީގައި ހުރި މީހަކަށް އަނިޔާވެ، ސައިކަލްތަކަށް ގެއްލުންވެފައިވާ ކަމަށް މިއަދު 13:18 އެހާކަށްހާއިރު ފުލުހުންނަށް ރިޕޯތްކޮށްފައިވޭ." ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިނާޅުވިއެވެ.

ފުލުހުން ބުނީ އަނިޔާވި ފިރިހެން މީހާއަށް މިހާރު އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދާ ކަމަށެވެ.

މި މަޢުލޫމާތު ކަމާއި ގުޅުންހުރި އިދާރާތަކާއި ހިއްސާކޮށް ބަލަންޖެހޭ ކަންކަން ބަލަމުން ދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު