އާބަންކޯއިން އިސްނަގައިގެން، ހުޅުމާލޭގައި މަދިރި ނައްތާލުމަށް ހިންގާ 'ޑެންގީ އިޖާބަ' ކެމްޕެއިން އާ ގުޅިގެން ކުރިއަށް ގެންދާ ކުރެހުމުގެ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.
މަދިރި ނައްތާލުމާއި ޑެންގީ އިން ރައްކާތެރިވުމަށް އާއްމުން ހޭލުންތެރި ކުރުމުގެ މަގްސަދުގައި ކުރިއަށް ގެންދާ މި ކުރެހުމުގެ މުބާރާތުގައި ބައިވެރިވެވޭނީ 5 އަހަރާއި 13 އަހަރާ ދެމެދުގެ ކުޑަކުދިންނަށް ކަމަށް އާބަންކޯއިން ބުނެއެވެ.
'ޑެންގީ އިޖާބަ' މި ތީމުގެ ދަށުން ކުރިއަށް ގެންދާ މުބާރާތުގައި ބައިވެރިން ހުށަހަޅާ ކުރެހުމުގައި ހުންނަންވާނީ ޑެންގީ އިން ރައްކާތެރިވުމާ ގުޅުންހުރި ކަންތައްތަކެވެ. މިގޮތުން ޑެންގީ އިން ރައްކާތެރިވާނެ ގޮތްތަކާއި، އެކަމާ ގުޅޭ މައުލޫމާތު ނުވަތަ މުޖުތަމައު ހޭލުންތެރި ކުރުމަށް ބާރުއަޅާ ކަންތައްތައް ހިމެނިދާނެކަމަށް އާބަންކޯއިން ހާމަކޮށްފައިވެއެވެ.
އާބަންކޯއިން ވަނީ ކުރެހުމުގެ މުބާރާތުގައި ހުށައަޅާ ކުރެހުންތަކުގެ ތެރެއިން 1 ވަނަ، 2 ވަނަ، އަދި 3 ވަނަ އަށް ހޮވޭ ފަރާތްތަކަށް ފައިސާގެ އިނާމެއް ދިނުމަށްވެސް ހުށައަޅާފައެވެ. އެގޮތުން 1 ވަނަ އަށް ހޮވޭ ކުރެހުމަކަށް 3000 ރުފިޔާ ކަނޑައަޅާފައިވާއިރު، 2 ވަނަ އަށް ހޮވޭފަރާތަކަށް 1500 ރުފިޔާ، އަދި 3 ވަނަ އަށް ހޮވޭފަރާތަކަށް 500 ރުފިޔާގެ އިނާމެއް ވަނީ ހުށައަޅާފައެވެ.
މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީ ވުމުގެ ފުރުސަތު ބުދަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފައެވެ. އަދި މުބާރާތުގައި ބައިވެރިކުރާ ކުރެހުންތައް 16 ނޮވެމްބަރ 2023 ވާ ބުރާސްފަތި ދުވަހު 9:00 އާއި 14:00 އާ ދެމެދު އާބަންކޯގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް ހުށައެޅުމަށް އާބަންކޯއިން އެދިފައިވެއެވެ.
މި ކުރެހުމުގެ މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެކަމަށް ހާއްސަ ކުރެވިފައިވާ ފޯމު ފުރިހަމަ ކޮށްގެން ރަޖިސްޓްރީ ކުރެވޭނެއެވެ.
މަދިރި އާލާވުން ހުއްޓުވުމަށާއި، މަދިރި ނައްތާލުމަށް އާއްމުންނާ ގުޅިގެން އާބަންކޯއިން ދަނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. އަދި ރައްޔިތުންނާ ގުޅުންހުރި މިފަދަ ކަންކަމުގައި އާބަންކޯގެ ޓީމު ކެނޑިނޭޅި މަސައްކަތް ކުރަމުން ދާނެކަމުގެ ޔަގީންކަން އާބަންކޯއިން ދެއެވެ.

ކިޔުންތެރިންގެ ހިޔާލު