ފިނިފެން ނުވަތަ ރޯޒް ވޯޓާއަކީ އޭގެ ޒާތުގައި ގިނަގުނަ ފައިދާތަކެއް އެކުލެވޭ އެއްޗެކެވެ. މީގެ ތެރޭގައި ޒުވާންކަން ދެމެއްހެއްޓުމަށް އެހީތެރިވެދިނުމާއި ހަންގަނޑު އޮމާންކޮށްދީ، ހައިޑްރޭޓްކޮށްދީ އަދި ހަންގަނޑުގެ އުޖާލާކަން ދަމަހައްޓައިދެއެވެ. ނަމަވެސް ގޭތެރޭގައި ވަރަށް ފަސޭހައިން ބޭނުންކޮށްލެވޭ ފިނިފެން އެހެން ބާވަތްތަކާއި އެއްކުރުމުގައި ވަރަށް ސަމާލުވާންޖެހެއެވެ.
ޤުދުރަތީ މާއްދާތަކުގައިވެސް އެއްމާއްދާ އަނެއް މާއްދާއަކާއި އެކުވުމުން ނުރައްކާތެރި ޒަހަރެއްފަދަ ކެމިކަލްއެއް އުފެދުން އެކަށީގެންވެއެވެ. އަދި މީގެ ސަބަބުން ހަންގަނޑު ހަލާކުވެ މޫނުގެ ރީތިކަން ގެއްލިދާނެއެވެ. ވީމާ، މީގެ ތެރޭގައި ހިމެނޭ ބައެއް ބާވަތްތައް ކިޔުންތެރިންނާއި ހިއްސާކޮށްލާނަމެވެ.
1. ވިނެގާއާއި ރޯޒް ވޯޓަރ:
ވިނެގާއާއި ރޯސް ވޯޓާ އެއްކޮށް ބޭނުންކުރުމުން މޫނަށް ގެއްލުމެއް ލިބިދާނެ އެވެ. މިގޮތަށް ކަންތައް ކުރުމުން ހަމުގެ ޕީއެޗް ލެވެލް ބަދަލުވެއެވެ. އަދި ހަންގަނޑު މާބޮޑަށް ހިކި ކުރަކިވާގޮތް ދިމާވުން އެކަށީގެންވެއެވެ.
2. ބޭކިން ސޯޑާއާއި ރޯޒް ވޯޓަރ:
ބޭކިން ސޯޑާ އާއި ރޯޒް ވޯޓާ މި ދެ މާއްދާއަކީވެސް ގުދުރަތީ މާއްދާތަކެކެވެ. ނަމަވެސް ދެކެމިކަލްގައި ހިމެނޭ ޕްރޮޕްޓީސް އެކުވުމުން ނުކުންނަ ރިއެކްޝަން ހަންގަނޑަށް އެކަށީގެންނުވާނެއެވެ. މިއީ ހަންގަނޑު އަނދައި އަދި ވިރެންވެސް މެދުވެރިކުރުވަފާނެ ފަދަ މިކްސްޗަރއެކެވެ.
3. އެސެންޝަލް އޮއިލްސް އަދި ރޯޒް ވޯޓާރ:
ބައެއް މީހުން ރޯސް ވޯޓާއެކު އެސެންޝަލް އޮއިލް އެއްކޮށްލުމަށްފަހު މޫނުގައި އުނގުޅައެވެ. އެހެންނަމަވެސް މިއީ އެލާޖީއެއް ނުވަތަ ނޭވާހިއްލުން ހުންނަ ނަމަ ބޭނުން ކުރުން ރަނގަޅު އެއްޗެއް ނޫނެވެ. މިއިން އުފެދޭ ވަސް ގަދަވުމުން ނޭވާ ހިއްލުމުގެ އުނދަގޫ ހުންނަ މީހުންނަށް އިތުރު އުނދަގޫތަކެއް ކުރިމަތިވެދާނެއެވެ. އަދި އެލާޖިކްވާނަމަ މޫނުން ބިހިނެގުން އެކަށިގެންވެއެވެ.
4. ލުނބޯ އާއި ރޯޒް ވޯޓާރ:
މޫނު ގައި ބޭނުން ކުރިއަސް ނުވަތަ ފޭރާމުގައި ބޭނުން ކުރިނަމަވެސް، ލުނބޯ ދިޔައަކީ ލައްފިލުވުމަށް އެހީތެރިވެދޭ އެއްޗެކެވެ. އޭގެ ދިޔައާއި ރޯސް ވޯޓާ އެއްކޮށްލުމަށްފަހު މޫނުގައި ނުހާކާށެވެ. މިގޮތަށް ކަންތައް ކުރުމުން ހަންގަނޑަށް ގެއްލުންވެ މޫނު ހިކިދާނެ އެވެ. އަދިމީގެއިތުރުން މިތަކެތި އެއްކޮށްގެން ބޭނުންކުރުމުން ނަޒުކު ހަންގަނޑުގެ މަތީގައި އެކުލެވިފައިވާ ފަށަލަތައް ތުނިވެ ޕީއެޗް ލެވަލް ބަދަލުވެގެން ހިނގައިދާނެއެވެ. އެހެންކަމުންވެސް ރައްކާތެރި ގޮތެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު