ގްލޯބަލް ކޮފީ ޗެއިން ސްޓާބަކްސް އިން ވަޒީފާއިން ވަކިކުރި ބަރިސްޓާއެއް ރެސްޓޯރެންޓުގެ މެނޫގައި ހިމެނޭ މައުލޫމާތު ލީކުކޮށްލައި ސޯޝަލް މީޑިއާ ޕްލެޓްފޯމް "އެކްސް" ގައި ވައިރަލްކޮށްލައިފިއެވެ.

ކޯލްޑް ބްރޫއިން ފެށިގެން ފްރެޕްސް އާ ހަމައަށް ތްރެޑްގައި ހުރިހާ އެއްޗެއް މިމުވައްޒަފު އަޕްލޯޑްކޮށްފައިވެއެވެ. އަދި 14 އޮކްޓޫބަރުގައި އަޕްލޯޑް ކޮށްފައިވާ މިޕޯސްޓުތައް ގިނަ ބައެއް ދަނީ ރީޓުވީޓުކޮށް ސޯޝަލްމީޑިއާގައި މިލިޔުންތައް ހިއްސާކުރަމުންނެވެ. "ރެސިޕީސް!! ސްޓާބަކްސް 'ލޯބިވެރިން.. މި ތްރެޑަކީ ތިޔައެންމެނަށް ދޭ ހަދިޔާއެކެވެ!! މުވައްޒިފުންނާ މެދު ކުނިގަނޑެއްފަދައިން ކަންތައް ކުރުމުން ވާނީ މިހެންނެވެ. އެމީހުންނަށް ކުޑަ އުޖޫރައެއް ދީ، މުވައްޒަފުންނަށް އިނާޔަތް ނުދީ، ޔޫނިއަން އެއް އުފެއްދުމުން އަދިވެސް ޖޫރިމަނާ ކުރާށެވެ!" "އެކްސް" ބޭނުންކުރާ މީހަކު ސްޓާބަކްސްއަށް މަލާމާތްކޮށް ކޮމެންޓްކޮށްފައިވެއެވެ.

އެހެން މީހަކު ލިޔުއްވާފައި ވަނީ "މިތްރެޑްގައި ބުކްމާކުކޮށްފައިތިބި މީހުންގެ އަދަދަށް 'އެލްއޯއެލް'" އެވެ. ސްޓާބަކްސްއިން މުވައްޒަފުނާއި މެދު ކަންތައް ކުރިގޮތް ކުށްވެރިކުރާ މީހުން ތިބިއިރު މިއީ އެއްބަސްވުމާ ހިލާފުވެގެން އެ މުވައްޒަފުގެ މައްޗަށް ދައުވާ ކުރެވިދާނެ ކަމެއްކަމުގައިވެސް ގިނަބަޔަކު ކޮމެންޓްގައި ލިޔެފައިވެއެވެ.

މިއީ ސްޓާބަކްސްގެ ރެސިޕީތައް ލީކުކޮށްލި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ވަޒީފާއިން ވަކިކުރި ގިނަ މުވައްޒަފުންތަކެއް ވަނީ ޓިކްޓޮކްގައި އެރެސްޓޮރެންޓް ޗެއިންގެ މެނޫ އާންމުކޮށްފަ އެވެ. ސްޓާބަކްސް އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެންމެ ގިނައިން ބޭނުންކުރާ ސައި އަދި ކޮފީގެ ބާވަތްތައް ސާވްކުރާ މަޝްހޫރު ރެސްޓޯރެންޓް ޗެއިންއެކެވެ.

މިރެސްޓޯރެންޓްގެ ޕްރޮޑަކްޓްތަކަކީ ބޮޑު އަގުގައި ލިބޭ ޕްރޮޑްކްޓްތަކެކެވެ. އަދި ރެސްޓޯރެންޓްގެ އިތުރުން، މިކުންފުނީގެ އަމިއްލަ ކޯލްޑް ބްރޫތަކާއި އައިސް ކޮފީތައް އެކިފިހާރަތަކުގައި ވިއްކަންވެސް ހުރެއެވެ. ނަމަވެސް މިހާރު ކަސްޓަމަރުންނަށް ގޭގައި ތިބެގެން އަމިއްލައަށް ސްޓާބަކްސް ކޮފީ ހެދޭނެ މިންވަރަށް މައުލޫމާތުތައް މިވަނީ ލީކުކޮށްލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން