ފެންވަރު ރަނގަޅު ލައިޓާއި ކަރަންޓު ސާމާނު ވިއްކުމުގައި ރާއްޖޭގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ "އެއިޓީން" ފިހާރަ, އޯކިޑްމަގު، މާލެ އާއި "އެއިޓީން " ނިރޮޅުމަގު (ޕިރަމިޑް ފިހާރަ ކައިރި) ހުޅުމާލެއިން، މަގުބައްތި ނުވަތަ ސްޓްރީޓް ލައިޓް ބައްލަވައިގަންނަވަން ބޭނުންވާ ފަރާތްތަކަށް ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
މިއީ ރަށްރަށުގެ މަގުތަކަށް ޚާއްސަ ކޮށް، އަދި ބޮޑެތި ބިންތަކާއި ގޯތިތެރެ އަދި އާންމު ސަރަހައްދުތައް އަލިކުރުމަށް ކައުންސިލްތަކަށާއި ކޮންޓްރެކްޓަރުންގެ އިތުރުން އަމިއްލަ ފަރާތްތަކަށް ވެސް ލިބިގެންދާނެ ވަރަށް ރަނގަޅު ފުރުސަތެކެވެ.

އެއިޓީންގެ މަގުބައްޓީގެ ޕްރޮމޯޝަން ޕޯސްޓަރެއް
މި ޕްރޮމޯޝަންގެ ދަށުން 100 ވޮޓުގެ 10 ސްޓްރީޓް ލައިޓު ބައްލަވައިގަތުމުން 30 ވޮޓުގެ 10 ވޯމްވައިޓް ލައިޓް މުޅިން ހިލޭ ލިބިގެންދާނެއެވެ. އަދި ހަމައެއާއެކު، 50 ވޮޓުގެ 10 ސްޓްރީޓްލައިޓް ބައްލަވައިގަތުމުން 30 ވޮޓްގެ ވޯމް ވައިޓް 5 ސްޓްރީޓްލައިޓް މުޅިން ހިލޭ ލިބޭނެއެވެ.
މި ޕްރޮމޯޝަނުގައި ހިމެނޭ ލައިޓްތަކަކީ ރާއްޖޭގެ މާހައުލާ ގުޅޭގޮތަށް، ވިއްސާރައިގައި ފެން ނޭޅޭނެހެން 'ވޯޓާޕްރޫފް އައިޕީ 65' ފެންވަރަށް ތައްޔާރުކޮށްފައިވާ ދިގު މުއްދަތަކަށް ބޭނުންކުރެވޭނެ ވަރުގަދަ ލައިޓްތަކެކެވެ. މީގެ އިތުރުން މި ލައިޓްތަކުގައި ޒަމާނީ 'ފޮޓޯސެލް ސްވިޗް' ހިމެނިފައިވާތީ، އިރުއޮއްސި އަނދިރިވުމުން އަމިއްލައަށް ދިއްލި، ހެނދުނު އިރުއަރައި އަލިވުމުން އަމިއްލައަށް ނިވިގެންދާނެއެވެ. އެހެންކަމުން މިއީ ކަރަންޓު ޚަރަދު ކުޑަކުރުމަށާއި ފަސޭހަކަމާއެކު މަގުތަކާއި ބޮޑެތި ބިންތައް ފަދަ ތަންތަން އަލިކޮށް ބެލެހެއްޓުމަށް އެންމެ އެކަށޭނަ އެއް ވަސީލަތެވެ.

އެއިޓީން ފިހާރައިން މައުލޫމާތު ދޭ ގޮތުގައި، މި ހާއްސަ ޕްރޮމޯޝަން ކުރިއަށްދާނީ ހިލޭ ދޫކުރުމަށް ހަމަޖެހިފައިވާ 30 ވޮޓުގެ ވޯމްވައިޓް ލައިޓްގެ ސްޓޮކް ހުސްވަންދެންނެވެ. އެހެންކަމުން، ސްޓޮކް ހުސްވުމުގެ ކުރިން ވީހާވެސް އަވަހަކަށް މި ޕްރޮމޯޝަންގެ ބޭނުން ހިއްޕެވުމަށް އެ ފިހާރައިން އެދެއެވެ. މި ޕްރޮމޯޝަންގެ ދަށުން މުދާ ބައްލަވައިގަތުމުގެ އިންތިޒާމު އެއިޓީންގެ މާލެ އަދި ހުޅުމާލޭގެ ފިހާރަތަކުން މިހާރު ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު