މަރިޔަމް ލަމްޙާ ރަޝީދު   12 އޮކްޓޯބަރު 2023 - 12:49
ހަށިގަނޑުގެ އާއްމު ދުޅަޔެހޮކަން ކަށަވަރު ކުރުމަށްޓަކައި ކާނާ އާއި ހަށިގަނޑަށް ބޭނުންވާ ހުރިހާ މާއްދާތައް ވާސިލުކޮށްދޭނީ އަނގައިންނެވެ. ވީމާ، އަނގައިގެ ސާފުތާހިރުކަން ދެމެހެއްޓުމަކީ މުހިންމު ކަމެކެވެ.

އަނގައިގެތެރެ ސާފުކޮށް އަދި ދުޅަހެޔޮ ސިއްހަތެއްގައި ބެހެއްޓުމަށްޓަކައި އެންމެ މުހިންމު އެއްކަމަކީ ދަތްޕިލައަށް އަޅާލައި ދަތްތައް ސާފުކޮށްބެލެހެއްޓުމެވެ. އާއްމުގޮތެއްގައި ދިވެހިންގެ ތެރޭގައި ބަނޑުކެއުމެއްގެ ގޮތުގައި ބޭނުންކުރެވޭ ހަނޑުލާއި، ކެއްކުމުގައި ގެންގުޅޭ އެކިވައްތަރުގެ ހަވާދަކީ ދަތްތަކުގެ ހުދުކަން ގެއްލުވާލައި ދަތްޕިލަ ރަތްކުރާ ބާވަތްތަކެކެވެ.

ދުވާލަކު ދެފަހަރު ދަތްއުނގުޅައި ފްލޮސް ކުރުމަށް ޑޮކްޓަރުން އިރުޝާދު ދެއްވަނީ މިދެންނެވި ސަބަބަށްޓަކައެވެ. ނަމަވެސް ދަތުގެ ޚާއްސަ ޑޮކްޓަރަށް ދައްކައި ގިނަގިނައިން ދަތްތައް ސާފުކޮށް ހުދުކުރުމަކީ ގިނަ މީހުންގެ ޖީބަށް ނުހަނު ބުރަބޮޑު ކަމެއް ކަމުގައި ނޫނީ ނުވެއެވެ. ވީމާ، ދަތްތައް ހުދުކޮށް ބެހެއްޓުމަށް ޖީބަށްލުއި އަދި ފަސޭހައިން އަމިއްލައަށް ކުރެވިދާނެ ރައްކާތެރި ގޮތްތައް ހޯދަން ޖެހެއެވެ.

މިގޮތުން ބާޒާރުގައި ވިއްކާ ދަތް ހުދުކުރާ ޕޭސްޓް ބޭނުންކޮށްގެން ނުވަތަ އާދައިގެ ދަތް އުނގުޅާ ބޭހަށް ބޭކިން ސޯޑާގެ މިންވަރެއް އެއްކޮށްގެން ބޭނުންކުރެވިދާނެއެވެ. ތިރީގައި މިވަނީ ދަތްތައް ސާފުކޮށް ހުދުކޮށް ބެހެއްޓުމަށް އަމިއްލަ ކުރެވިދާނެ ބައެއް ކަންކަމެވެ.

1. އެޕަލް ސައިޑަރ ވިނެގާ

އެޕަލް ސައިޑާ ވިނެގާ ބޭނުން ކުރުމަކީ ގޭގައި ވަރަށް ފަސޭހައިން ކުރެވިދާނެ ކަމެކެވެ. އެއްޖޯޑުގެ ފެނަށް ދެ ސަމުސާ އެޕަލް ސައިޑާ ވިނެގާ އެއްކޮށްލާށެވެ. ދެން މި ސޮލިއުޝަނުން 30 ސިކުންތު ވަންދެން އަނގަ ދޮންނާށެވެ. އެއަށްފަހު އާދައިގެ ފެނުން އަނގަ ދޮވެލާށެވެ. މިއީ އެސިޑިކް ވިނެގާއަކަށް ވުމުން ބޭނުންކުރުމުގައި ސަމާލުވާންވާނެއެވެ. އެގޮތުން މި ސޮލިއުޝަން 30 ސިކުންތަށްވުރެ ގިނައިރުވަންދެން އަނގައިތެރޭގައި ނުބެހެއްޓުމަށް ސަމާލުވާން ވާނެއެވެ.

2. މޭވާގެ ތޮށި

ދަތްތައް ހުދުކުރުމަށް ލުނބޯ، އޮރެންޖު އަދި ދޮންކެޔޮ ތޮށި ބޭނުންކުރެވިދާނެއެވެ. މި ބާވަތްތަކުގެ ތޮށި ބޭނުންކޮށްގެން ރީނދޫކަން ފިލުވައިދީ ދަތްތައް ހުދުކޮށްދެއެވެ. މިތޮށިތަކުގައި ހިމެނޭ ސިޓްރިކް އެސިޑްގެ ސަބަބުން ދަތްތައް ހުދުވުމުގެ އިތުރުން އަނގައިން ނުބައިވަސް ދުވުމުންވެސް ދުރުކޮށްދޭނެ އެވެ. މިއިން ކޮންމެ ބާވަތެއް ބޭނުންކުރިކަމުގައިވިޔަސް މަދުވެގެން ދެ މިނެޓު ވަންދެން މަޑުމަޑުން ތޮށީގެ އެތެރެބައިން ދަތްތަކުގައި އުނގުޅައި އެއަށްފަހު ފެންފޮދަކުން ދޮވެލާށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން