މަރިޔަމް ލަމްޙާ ރަޝީދު   8 އޮކްޓޯބަރު 2023 - 14:7
ދިވެހިންގެމެދުގައި ހިކަނދިފަތަކީ ރިހަކެއްކުމުގައްޔާއި ތަފާތު ކެއުންތައް ތައްޔާރުކުރުމުގައި ބޭނުންތެރި އެއްޗެއްގެ ގޮތުގައެވެ. އަދި މިއީ ދިވެހި ހަވާދު ހަނާކުރުމުގައި ވެސް އެންމެ ބޭނުން އެއްބާވަތެވެ. ނަމަވެސް ހިކަނދިފަތަކީ ގިނަގޮތްތުން އަޅުގަނޑުމެންނަށް ޤުދުރަތީ ފައިދާހުރި އެއްޗެކެވެ. އެގޮތުން މިފަތުން ބޮލުގެ އިސްތަށިގަނޑު ވަރުގަދަކޮށްދީ ދިގުކޮށްދެއެވެ.

އެހެންކަމުން އިސްތަށި ފޭބުމާއި އިސްތަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކުރަން ބޭނުންނަމަ އެންމެ ރަނގަޅީ ޤުދުރަތީ ފައިދާ އެކުލެވޭ ހިކަނދިފަތުން ތައްޔާރުކުރެވޭ ތެލެވެ. އޭގެތެރެއިން އިސްތަށި ފޭބުމުގެ މައްސަލައަށް ހައްލު ލިބޭ އެއް ގޮތަކީ ހިނކަނދިފަތުގެ ތެޔޮ ބޭނުންކުރުމެވެ. މިތެލަކީ ގޭގައި އަމިއްލައަށްވެސް ވަރަށް ފަސޭހައިން ތައްޔާރުކުރެވިދާނެ ތެލެކެވެ.

ހިކަނދިފަތުގައި ތެޔޮ ތައްޔާރުކުރާނެ ގޮތް

ގޭގައި ހިކަނދިފަތުގެ ތެޔޮ ތައްޔާރުކުރުމަށް މުށަކަށް ނެގޭވަރަށް ތާޒާ ހިކަނދިފަތާއި ޖޯޑެއްގެ ކާށިތެޔޮ ބޭނުންވާނެއެވެ. ކާށި ތެޔޮ ތެއްޔަކަށް އެޅުމަށްފަހު ހޫނުކޮށްލާށެވެ. އަދި އެއަށްފަހު ހިކަނދިފަތްތައް އަޅާލާށެވެ. އެއަށްފަހު 15-20 މިނެޓު ވަންދެން ކައްކާށެވެ. ދެން ތެޔޮ ތެލި ފިނިވުމުން ފަތްތައް އުކާލާށެވެ. އޭރުން ގޭގައި ތައްޔާރުކުރެވޭ ހިކަނދިފަތުގެ ތެޔޮ ތައްޔާރުވީއެވެ.

ހިކަނދިފަތް ތެޔޮ ބޭނުންކުރާނެ ގޮތް

މިތެޔޮ ބޭނުންކުރުމަށް އިސްތަށިގަނޑާއި ބޮލުގައި އުނގުޅޭވަރަށް ތެޔޮ އެޅުމަށްފަހު މަޑުމަޑުން އިސްތަށިތަކުގެ ބުޑަށް ތެޔޮ ވަންނާނެހެން މަސާޖުކޮށްލާށެވެ. އަދި މަދުވެގެން ގަޑިއެއްހާއިރު ވަންދެން ބަހައްޓާށެވެ. އެއަށްފަހު މައިލްޑު ނުވަތަ ކެމިކަލް ހިމެނޭ މިންވަރު މަދު ޝޭމްޕޫއަކުން ދޮވެލާށެވެ. އިސްތަށިގަނޑު ރީތިވެ، އިސްތަށި ފޭބުމުގެ ހައްލު ހޯދުމަށްޓަކައި، މިގޮތަށް ހަފްތާއަކު ދެތިން ފަހަރު ބޭނުން ކުރުން މުހިއްމެވެ.

ހިކަނދިފަތުގެ ތެލުން ލިބޭ ފައިދާ



ހިނކަނދިފަތުގައި ހިމެނޭ އެންޓިއޮކްސިޑެންޓްސް، ޕްރޮޓީންސް، ބީޓާ ކެރޮޓީން އަދި އެމިނޯ އެސިޑުން ފުރިގެންވާ މި މާއްދާތަކުގެ ސަބަބުން އިސްތަށިގަނޑުގެ ފޮލިކަލްތައް ވަރުގަދަވެ، އިސްތަށިފޭބުން ކުޑަކޮށްދެއެވެ. މީގެ އިތުރުން އިސްތަށިގަނޑު ވަރަގަދަކޮށްދީ މާއަވަހަށް އިސްތަށި ނުރަވުމުގެ މައްސަލައަށްވެސް ހައްލު ލިބިގެންދާނެ މާއްދާތަކެކެވެ.

މިތެލަކީ ޤުދުރަތީ ބާވަތްތަކުން ތައްޔާރުކުރެވިފައިވާ ތެލެއްކަމުން އިސްތަށިގަނޑަށް ގެއްލުންދޭ އެއްވެސް ހަރުކަށި ކެމިކަލަކުން ލިބިދޭފަދަ ގެއްލުމެއް ލިބިދާނެތީ ކަންބޮޑުވާކަށް ނުޖެހޭނެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން