ވެރިކަން ބަދަލުވުމުގެ މަރުހަލާ ކުރިއަށްދިޔަސް މި ސަރުކާރުން އިއުލާން ކުރި "ބިންވެރިޔާ" ސްކީމާއި ގެދޮރުވެރިޔާ ސްކީމްގެ 2 ވަނަ ފިޔަވަހީގެ ދަށުން ފްލެޓާއި ގޯއްޗަށް ކުރިމަތިލެވޭނެކަމަށް ހައުސިންގ މިނިސްޓްރީން ބުނެފިއެވެ.

މި ސަރުކާރުން އިއުލާން ކުރި "ބިންވެރިޔާ" ސްކީމާއި ގެދޮރުވެރިޔާ ސްކީމްގެ 2 ވަނަ ފިޔަވަހީގެ ދަށުން ފްލެޓާއި ގޯއްޗަށް ކުރިމަތިލުމަށް ހުޅުވާލީ މިދިޔަމަހުގެ 23 ވަނަ ދުވަހުއެވެ. މި ސްކީމްގެ ދަށުން މާލެ ސަރަހައްދުން 4000 ގޯއްޗާއި 6000 ފްލެޓް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ސަރުކާރުން އިއުލާން ކުރި "ބިންވެރިޔާ" ސްކީމާއި ގެދޮރުވެރިޔާ ސްކީމްގެ 2 ވަނަ ފިޔަވަހީގެ ދަށުން ފްލެޓާއި ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެގޮތައް ކުރިއަށްދާނެކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއްޖެއެވެ. މިނިސްޓްރީން ބުނީ މި ސްކީމްތަކުގެ ދަށުން މާލެ ސަރަހައްދުން 4000 ގޯއްޗާއި 6000 ފްލެޓް ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ޕްލޭނިންގ މިނިސްޓްރީން މިއަދު ބުނީ، ގޯއްޗާއި ފްލެޓް ދިނުމުގެ ދެވަނަ ސްކީމަކީ މާކުރިން އިއުލާންކޮށްފައި އޮތް ސްކީމެއްކަމަށާ ވެރިކަން ބަދަލުވާ މިމުއްދަތުގެ ތެރޭގައިވެސް ފޯމު ހުށަހެޅޭނެކަމަށްވެސް މިނިސްޓްރީން ވިދާޅުވެއެވެ. އެގޮތުން ކުރިންވެސް ކަނޑައަޅާފައިވާ ގޮތަށް ފޯމު ހުށައެޅުމުގެ ފުރުސަތު މިމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާކަމަށް މިނިސްޓްރީން ވިދާުޅުވެއެވެ. އެގޮތުން "ގެދޮރުވެރިން ޕޯޓަލް" މެދުވެރިކޮށް ގޯއްޗަށް ނުވަތަ ފްލެޓަށް އެދި، އޮކްޓޫބަރު 24،ގެ 15:00 ގެ ނިޔަލަށް ފޯމް ހުށަހެޅޭނެކަމަށް މިނިސްޓްރީން ބުނެއެވެ.

"ބިންވެރިޔާ" ސްކީމުގެ ދެވަނަ ފިޔަވަހިން ގޯތި ދޫކުރަނީ ގިރާވަރު ފަޅާއި އުތުރުތިލަފަޅުންނެވެ. އަދި ފްލެޓް ދޫކުރުމަށް ހަމަޖެހިފައިވަނީ މާލެ ސަރަހައްދުންނެވެ.

ޕްލޭނިން މިނިސްޓްރީގެ އިއުލާނުގައި ބުނިގޮތުގައި މި ސްކީމުގެ ދަށުން ގޯތި ދޫކުރަން ކަނޑައަޅައިފައިވާ ބިމުގެ ޖުމުލަ ބޮޑުމިނަކީ 5.53 މިލިއަން އަކަފޫޓެވެ. އެގޮތުން އެންމެ ކުޑަކޮށް ލިބޭނީ 1250 އަކަފޫޓުގެ ގޯތި ކަމަށާއި ހަތް މީހުންނަށް ވުރެ ގިނަ މީހުން ޖޮއިންޓް އެޕްލިކޭޝަނުގައި ބައިވެރިވާނަމަ، އެ އެޕްލިކޭޝަނަށް ލިބޭނީ، ޖުމުލަ 4،000 އަކަފޫޓް ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން ގޯއްޗަށް އެދެވޭނީ، އުމުރުން 18 އަހަރު ފުރިފައިވާ ދިވެހިންނަށާއި "ބިންވެރިޔާ" ސްކީމުން ނުވަތަ "ވެށިފަހި މާލެ ޕްރޮގްރާމް" ގެ ދަށުން ގޯއްޗެއް ލިބިފައި ނުވާ މީހުންނަށް ކަަމަށް ޕްލޭނިންގ މިނިސްޓްރީ އިން ބުންޏެެވެ. ގޯއްޗާއި ފުލެޓަށް ކުރިމަތިލުމުގެ އިތުރު ޝަރުތުތަކުގެ ތެރޭގައި މާލޭގައި ދިރިއުޅޭތާ މަދުވެގެން 20 އަހަރު ވެފައިވުމާއި ނުވަތަ އެއްވެސް އިރެއްގައި މާލެ ނޫން އެހެން ރަށެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ހިމެނިފައި ނުވުން ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު


2

ރައްޔިތު މީހާ

04-Oct-2023

ފުރަތަމަ ގެދޮރުވެރިޔާ އާއި ބިންވެރިޔާގެ ގޯއްޗާއި ފްލެޓް ދޭ ދުވަސް އިޢުލާނު ނުވެތިއްބާ ވެރިކަން ބަދަލުވާނީ.ދެން ރައްޔިތުން ތިބެން ވީ އަންނަ އެމް ޑީ ޕީ ސަރުކާރުގެ އންތިޒާރުގަ. ވަރައް ބޯރަގަޅު.ޓްރެންޑިން