މާލޭގައި ގަވާއިދާ ހިލާފަށް ހިންގަމުންދިޔަ ސްޕާއެއް ބަންދުކުރުން، ފޮޓޯ: އިމިގްރޭޝަން
މާލޭގައި ގަވާއިދާ ހިލާފަށް ހިންގަމުންދިޔަ ސްޕާއެއް ބަންދުކުރުން، ފޮޓޯ: އިމިގްރޭޝަން
މާލޭގައި ގަވާއިދާ ހިލާފަށް ހިންގަމުން ދިޔަ 3 ސްޕާއެއް އަނެއްކާވެސް އިމިގްރޭޝަނުން ބަންދުކޮށްފިއެވެ.

އިމިގްރޭޝަނުން ބުނީ ސްޕާ އަދި ސެލޫން ފަދަ ތަންތަނުގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީންނަށް އަމާޒުކޮށް ޓާސްކްފޯސްއިން ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން ރޭ މާލޭގައި ހިންގާ މިފަދަ 10 ތަނެއް ބަލާ ފާސްކޮށްފައިވާ ކަމަށެވެ.

އަދި މީގެ ތެރެއިން ގަވާއިދާ ހިލާފަށް ހިންގަމުންދިޔަ 3 ތަނެއް ބަންދުކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވައި، އެފަދަ ފަރާތްތައް އަނބުރާ އެމީހުންގެ ޤައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާއިރު ބިދޭސީ މަސައްކަތްތެރިންނާމެދު އިހުމާލުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށްވެސް މިހާރު ވަނީ ފަށާފައެވެ. އަދި ޤަވާއިދާ ޚިލާފަށް "އޯޕަން ވިޒާ"ގެ ނަމުގައި މަސައްކަތްކުރާ ބިދޭސީންގެ ޢަދަދު އިތުރުވަމުންދާކަން އިމިގްރޭޝަނުން ވަނީ ފާހަގަ ކޮށްފައެވެ.

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ގިނަދުވަސްވެފައިވާ މައްސަލައެއް ކަމުގައިވީ ނަމަވެސް، އެކަމަށް ޙައްލެއް ހޯދުމަށް މީގެކުރިން މާބޮޑެތި މަސައްކަތްތަކެއް ކުރެވިފައެއް ނުވެއެވެ.

ނަމަވެސް މި ސަރުކާރުން މިހާތަނަށް، ކުރަނގި އޮޕަރޭޝަންގެ ދަށުން 178،982 މީހެއްގެ މަޢުލޫމާތު ހޯދައި، ޤަވާއިދާ ޚިލާފަށް އުޅޭ މީހުންގެ ތެރެއިން 9188 އަށް ވުރެ ގިނަ މީހުން ވަނީ ޑީޕޯޓުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު