ސަރުކާރުގެ ބޮޑެތި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މާލީ ހާލަތަށް ކުއްލިއަކަށް 2024 ވަނަ އަހަރު އައިސްފައިވާ ބޮޑު ބަދަލަކީ ގިނަ ބައެއްގެ ލޮލުގައި އަޅައިގެންފައިވާ ބޮޑު ބަދަލެކެވެ. އެގޮތުން 2023 ވަނަ އަހަރު 2 ބިލިއަން ރުފިޔާގެ ފައިދާއެއް ހޯދާފައިވާ ކުންފުންޏަކަށް، 2024 ވަނަ އަހަރު 100 މިލިއަން ރުފިޔާގެ ގެއްލުމަކާ ކުރިމަތިވީ ކިހިނެއްތޯ މިއީ ބޮޑު ސުވާލެކެވެ. މުދަލުގެ އަގު ހަމަހަމައަށް ހުރެގެން މިފަދަ ބޮޑު ބަދަލެއް އައުމަކީ އާދަޔާޚިލާފު ސަބަބެއް ނެތި ހިނގާނެ ކަމެއް ނޫންކަމަށް އިޤްތިޞާދީ އަދި މާލީ ދާއިރާގެ ތަޖުރިބާކާރުން ދެކެލައްވައެވެ.
އެޗްޑީސީއަކީ ހުޅުމާލެ ތަރައްޤީކުރުމާއި، ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއި، ވިޔަފާރީގެ ދާއިރާއިން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކުންފުންޏެކެވެ. މީގެކުރިން އެ ކުންފުންޏަކީ ބޮޑު އަދަދެއްގެ ފައިދާ ހޯދާ، މާލީ ގޮތުން ވަރަށް ހަރުދަނާ ކުންފުންޏެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ކުންފުންޏެކެވެ. ނަމަވެސް، ޕީސީބީގެ އެންމެފަހުގެ މާލީ ރިޕޯޓުތަކުން ދައްކާ ގޮތުގައި، އެޗްޑީސީގެ މާލީ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، ކުރިން އޮތް 2 ބިލިއަން ރުފިޔާގެ ބޮޑު ފައިދާގެ ބަދަލުގައި 100 މިލިއަން ރުފިޔާގެ ގެއްލުންވަނީ ރިކޯޑުކުރެވިފައެވެ. އެހެންކަމުން މިފަދަ ހާލަތަކަށް ކުންފުންޏެއް ގެނެވޭނީ ކިހިނެއްތޯ ބަލާލުމަކީ މުހިއްމު ކަމެކެވެ.
ހަގީގަތުގައި މިފަދަ ކަމެއް ހިންގާލެވޭނީ ކިހިނެއް ކަމާމެދު ސުވާލު އުފެދެއެވެ. އިޤްތިޞާދީ ދާއިރާގެ ތަޖުރިބާކާރުން ދެކެލަށްވާ ގޮތުގައި މިފަދަ އާދަޔާޚިލާފު ކުއްލި ބަދަލެއް ކުންފުންޏެއްގެ މާލީ ޙާލަތަށް ކުރިމަތިވާނީ، ރޭވުންތެރިކަމާއެކު ހިންގޭ ސިލްސިލާ ޒިންމާދާރުކަން ކުޑަ ޢަމަލުތަކެއްގެ ސަބަބުންނެވެ. ނަމަވެސް، މި ގައުމުގެ ހިތާމަވެރި ހަގީގަތަކީ މިފަދަ ކަންކަން ސީރިއަސްކޮށް ތަހުގީގު ނުކުރެވޭކަމާއި، އެކަމަށް އެއްވެސް ފަރާތެއް ޖަވާބުދާރީ ނުކުރެވޭ ކަމެވެ. ރާއްޖޭގައި ދައުލަތުގެ ކުންފުނިތަކުގެ އިސްވެރިންނަށް ވުމަށް ބޭނުންވާ ހަމައެކަނި ޝަރުތަކީ މަތިފަޑީގައި ތިބޭ ފަރާތްތަކަށް މުޅިން ކިޔަމަންވުން ކަމަށް ބެލެވެއެވެ. އެފަދަ މަޤާމުތަކަށް ވާސިލުވުމަށް ފަންނީ ޤާބިލުކަމާއި، މަސައްކަތުގެ ނަތީޖާއަކީ މިޤައުމުގައި މާބޮޑު ސަމާލުކަމެއްދޭ ކަންކަން ކަމަކަށް ނުބެލެވެއެވެ.
ކަންމިހެން އޮތުމުގެ ސަބަބުން ސަރުކާރު ޙިއްސާވާ ކުންފުނިތަކަށް ލިބޭ ގެއްލުމުގެ ޙަޤީޤީ ބުރަ އުފުއްލަންޖެހެނީ ދަޢުލަތަށް ޓެކްސް ދައްކާ ޢާއްމު ފަރުދުންނެވެ. އެހެންކަމުން މި މައްސަލަ ޙައްލު ކުރުމުގައި މުޖުތަމައުގެ ބޮޑު ދައުރެއް އެބައޮތެވެ. އަދި މުޖުތަމަޢެއްގެ ގޮތުގައި ދިވެހިން މިހާރުން މިހާރަށް ސަރުކާރު ކުންފުނިތަކުގެ އަހަރީ ހިސާބުގައި ފެންނަން ހުރި ގެއްލުމާއި، ފައިދާގެ ޢަދަދުތައް ބަލައި، ކުންފުނިތައް ހިންގަން ތިއްބެވި ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް އެކި މީޑިއަމްތަކުގައި ސުވާލު އުފައްދަން ޖެހެއެވެ. ދައުލަތުގެ ކުންފުނިތަކުގެ އިސްވެރިންގެ މަސައްކަތުގެ ނަތީޖާއާއި ހިންގުމުގެ ޤާބިލުކަމުގެ މައްޗަށް ބިނާކޮށް ރައްޔިތުން ނިންމާ ނިންމުންތައް ނިންމަން ފަށަން އެބަޖެހެއެވެ. މިފަދަ މައްސަލަތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި، ކުންފުނިތަކުގެ ހިސާބުތަކަށް ސަމާލުކަންދީ، އަމިއްލަ މަސްލަހަތު ނުވަތަ ސިޔާސީ މަސްލަހަތު އެއްފަރާތްކޮށް ޤައުމީ މަސްލަޙަތު އިސްކޮށް ކަންކަމާމެދު ފިޔަވަޅު އެޅުމަކީ މުހިންމު ކަމެކެވެ.
އެޗްޑީސީއަށް މިދިމާވި ޙާލަތާ ގުޅިގެން އިޤްތިޞާދީ ދާއިރާގެ ބައެއް ފަރާތްތަކުން ލަފާކޮށްފައިވަނީ އެޗްޑީސީއަށް ދަރަނީގެ ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވެފައިވެދާނެ ކަމަށެވެ. އެގޮތުން، ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާ ނުދެއްކި ހުރުމާއި، ކޮންޓްރެކްޓަރުންނަށް ދައްކަންޖެހޭ ފައިސާ ލަސްވުމަކީވެސް އެކުންފުނީގެ މާލީ ހާލަތު ގޯސްވުމުގެ އެއް ސަބަބު ކަމަށް ބެލެވޭ ކަމަށް ތަޖުރިބާކާރުން ލަފާކުރަށްވައެވެ. ފާހަގަ ކުރެވޭ އަނެއްކަމަކީ އެޗްޑީސީގެ މަތިފަޑިއަށް މިވެރިކަން އައިފަހުން ގާތްގާތުގައި އައިސްފައިވާ އަވަސް ލޮޅުންތަކެވެ. ކުރީގެ އެމްޑީ ފަޒުލްގެ މައްޗަށް ތުހުމަތުތަކެއްކޮށް މަޤާމުން ވަކިކޮށް ދެންގެނައި އެމްޑީ މައުރޫފަށްވެސް އެ ކުންފުނީގައި ހިފަހައްޓައި ނުލެވުނެވެ. އަދި މިހާރު އެކުންފުނީގެ އެމްޑީއަކަށް ހުންނެވީ ކުރިން ސިފައިންގޭގައި ޚިދުމަތް ކުރެއްވި ރިޓަޔާޑް ޖެނެރަލް ޢަލީ ޒުހައިރެވެ.
އެހެންކަމުން ފެންނަން ހުރި ރިޕޯޓުތަކަށް ރިޢާޔަތްކޮށް އެޗްޑީސީގެ މާލީ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން ކޮންމެހެންވެސް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހެއެވެ. ކުންފުނީގެ މާލީ ހާލަތަށް އައިސްފައިވާ ބޮޑު ބަދަލަކީ ފަރުވާ ކުޑަކަމުގެ ނަތީޖާއެއް ނުވަތަ ޒިންމާދާރުކަން ކުޑަވުމުގެ ސަބަބުން ދިމާވި ކަމެއް ކަމަށް ބެލުމުގެ ޖާގައެބައޮތެވެ. މިފަދަ ކަންކަން ތަހުގީގުކޮށް، ޒިންމާވާންޖެހޭ ފަރާތްތައް ހޯދައި، އެފަރާތްތަކަށް ޖަވާބުދާރީ ކުރުވުމަކީ ދައުލަތުގެ ކުންފުނިތައް ހަރުދަނާކޮށް، ގައުމުގެ އިގްތިސާދަށް ހެޔޮ ބަދަލުތަކެއް ގެނައުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އަދި މިކަމުގެ ތަފްސީލީ މައުލޫމާތުތައް ހާމަކޮށް، ގެއްލުންތައް ބޮޑުނުވެ، ކުންފުންޏަށް ހެޔޮ ބަދަލުތަކެއް ގެނެވޭނެ ގޮތްތަކެއް ހޯދުމަކީ ސަރުކާރާއި، ރައްޔިތުންގެ މަޖިލީހުގެ މަސްއޫލިއްޔަތެކެވެ.

ކިޔުންތެރިންގެ ހިޔާލު