އާފަލަކީ ގިނަ ދިވެހިން މޭވާއެއްގެ ގޮތުގައި އެންމެ ގިނަމީހުން ބޭނުން ކުރަމުން އަންނަ މަގުބޫލު މޭވާއެކެވެ. އަދި މިއީ ވިޓަމިން، އެންޓިއޮކްސިޑެންޓްސް، ފައިބަރ އަދި ތަފާތު މިނަރަލްސް އިން މުއްސަނދި މޭވާއެކެވެ.

އެހެންކަމުން މިއީ އަހަރެމެންގެ ހަށިގަނޑަށް ވަރަށް ފައިދާހުރި މޭވާއެކެވެ. އެހެންނަމަވެސް ދުވާލުގެ ބައެއް ވަގުތުތަކުގައި އާފަލު ބޭނުން ކުރުން ރައްކާތެރިނޫންކަން އެނގޭ ހެއްޔެވެ؟ ނޭނގޭނަމަ އާފަލު ކެއުމުން ދުރުހެލިވާންވީ ކޮންވަގުތުތަކެއްގައިކަން ބަލާލަމާ ހިނގާށެވެ.

އާފަލުކެއުން ރައްކާތެރިނޫން ވަގުތުތައް:

ރޭގަނޑު ނިދުމުގެ ކުރިން؛

ރޭގަނޑު ގަޑީގައި އާފަލު ކެއުމުން ބަނޑަށް ބުރަހެލިވެ ނިދުމަށް ބުރޫއަރާނެ އެވެ. އާފަލުގައި ހިމެނޭ ފްރުކްޓޯޒް އަކީ ހަށިގަނޑު ހަރަކާތްތެރިކޮށްދިނުމަށް ހަކަތަ އިތުރުކުރުވާ އެއްޗެކެވެ. އެކަމުގެ ސަބަބުން ހަށިގަނޑުގެ ގުނަވަންތައް 'އެކްޓިވް'ވެ ނިދުމަށް ދަތިތަކެއް ކުރިމަތިވެއެވެ. އަދި ހަމައެހެންމެ މިމޭވާގައި ގިނަ އަދަދަކަށް ފައިބަރވެސް އެކުލެވިގެންވެއެވެ. ރޭގަނޑު އާފަލު ކެއުމުން ބަނޑުހައިވުން ކުރިމަތިވެދާނެ އެވެ. އަދި ހަމަމިއާއެކު އެއްވަގުތެއްގައި ކިރާއި އާފަލު ކެއުމުން ބަނޑުގައި ރިއްސައި ގޭހުގެ އުނދަގޫތައްވެސް ކުރިމަތިވެއެވެ.

ކެއުމަށްފަހު؛

އާފަލު ކެއުމުން ހަޖަމުކުރުމުގެ ނިޒާމަށް އަސަރު ކުރެއެވެ. މިއީ ހަކުރު ހިމެނޭ މިންވަރު މަތި މޭވާއެއްކަމުން ކެއުމަށްފަހު ވަގުތުން އާފަލު ކެއުމަކީ ރައްކާތެރކަމެއް ނޫނެވެ. ސަބަބަކީ މިގޮތަށް ކަންތައްކުރުމުން ލޭގައި ހަކުރު ހުންނަ މިންވަރު އިތުރުވާނެތީއެވެ. އަދި އާފަލުގައި ހުންނަ އެސިޑްގެ ސަބަބުން ކާނާ ހަޖަމުވުން ލަސްވެ، ހަޖަމުކުރުމުގައި މައްސަލަތަކެއް ދިމާވެދެއެވެ. އެހެންކަމުން ދުވާލުގެ މައިގަނޑު ކެއުމަށްފަހު އާފަލެއް ކާންބޭނުންނަމަ މަދުވެގެން 2 ގަޑިއިރު ވަންދެން މަޑުކުރަންވާނެއެވެ.

ހަވީރު؛

ހަވީރު އާފަލު ކެއުމަކީ ރޭގަނޑު ނިދަން އޮންނަ ވަގުތު ބަނޑަށް އުދަގޫވުން ފަދަ މައްސަލަތައް ދިމާވެދާނެ ކަމެކެވެ. އާފަލުގައި ހުންނަ ހަކުރުގެ ސަބަބުން ނިދުމަށް ބުރޫއަރާނެ އެވެ. މީގެ އިތުރުން ހަވީރު އާފަލު ކެއުމަކީ އެސިޑިޓީ، ގޭސް ނުވަތަ ބަނޑުގައި ރިހުން ފަދަ މައްސަލަތައް ކުރިމަތިވާ ކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު


-3

ީއިބުރޭ

04-Oct-2023

އެހެންވީމަ އާފަލު ކެވޭނެ ވަގުތެއް ނެތް....



ޓްރެންޑިން