ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު
މިރެއިން ފެށިގެން ‎ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ރޭގަނޑު 9:00 އިން ހެނދުނު 6:00 އަށް ބަންދު ކުރަން ނިންމައިފި އެވެ.

‎އެކަން ހާމަކޮށްފައި ވަނީ މޯލްޑިވްސް އެއަރޕޯރޓް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލް އިން ކުރި ޓުވީޓެއްގައެވެ. އެމްއޭސީއެލް އިން ބުނެފައިވަނީ އެއާޕޯޓުގެ ކޮމާޝަލް އޮޕަރޭޝަންތައް ހުއްޓާލަން ނިންމާފައިވާކަމަށެވެ.

އެއަރޕޯރޓުގެ ކޮމާޝަލް އޮޕަރޭޝަންތައް ހުއްޓާލި ނަމަވެސް ސިއްހީ، ހިއުމަނިޓޭރިއަން އަދި ޝެޑިއުލް ނޫން މަތިންދާ ބޯޓުތައް އެއާޕޯޓަށް ޖެއްސޭނެ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ. އެފަދަ މަތިންދާބޯޓުތައް ޖައްސާ ނަމަ ތިން ގަޑިއިރުގެ ނޯޓިސްއެއް ބޭނުންވާނެ ކަމަށް އެމްއޭސީއެލް ގެ ޓްވީޓްގައި ވެއެވެ.



ކޯވިޑް-19 އާއި ގުޅިގެން ރާއްޖެއިން އަޅާފައިވާ ރައްކާތެރި ކަމުގެ ފިޔަވަޅު ތަކުގެ ތެރޭަގައި ރާއްޖެއިން އޮން އެރައިވަލް ވިސާ ދޫކުރުން މިހާރުވަނީ ހުއްޓާލާފައެވެ. އަދި ގިނަ ގައުމުތަކުން ރާއްޖެއަށް މީހުން އެތެރެވުން ވެސް ވަނީ މަނާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން