ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރު ބަދަލުވެއްޖެނަމަ، މި ވޭތުވެދިޔަ 5 އަހަރުދުވަހުގެތެރޭގައި ގެނެސްފައިވާ މިންތީގެ ހަމަހަމަކަމުގެ ކުރިއެރުންތައް ގެއްލި މިދާއިރާ ފަހަތަށް ސޮއްސާލާނެނެކަމަށް މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

ޔުމްނާ ވިދާޅުވީ ސަރުކާރު ބަދަލުވެ، ސިޔާސަތުތައް ބަދަލުވެއްޖެ ނަމަ، މިންތީގެ ހަމަހަމަކަމާއި އަންހެނުން ބާރުވެރިކުރުމުގެ ރޮނގުން، މި ސަރުކާރުން ހޯދާފައިވާ ކުރިއެރުން ފަހަތައް ސޮއްސާލަފާނެކަމަށެވެ. އެހެންކަމުން އެހެން ވިޔަ ނުދީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ދެވަނަ ދައުރަކަށް އިންތިޚާބުކޮށްދިނުމަށް ޔުމްނާ ވަނީ ރައްޔިތުންނަށް ގޮވާލައްވާފައެވެ.



އަންހެނުންގެ ޙައްޤުތައް ޙިމާޔަތްކޮށް، ދައުލަތުގެ އެކި ހިސާބުތަކުގައި އަންހެނުންގެ ބާރުވެރިކަން އިތުރުކުރެއްވުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ މުހިންމު ސިޔާސަތެކެވެ. އެގޮތުން ދައުލަތުގެ ތިންބާރުގެ މުހިންމު މަޤާމުތަކުގައި އަންހެހުން އިތުރުކުރުމަށް ރައީސް ޞާލިޙުގެ ސަރުކާރުން ވަނީ މުހިންމު ފިޔަވަޅުތަކެއް އަޅުއްވަފައެވެ.

އިންތިޚާބީ މަޤާމުތަކަށް އަންހެނުން ވާދަކުރުން އިތުރުކުރުމަށްޓަކައިވެސް މުހިންމު ފިޔަވަޅުތަކެއް އަޅުއްވާފައިވެއެވެ. އެގޮތުން ލޯކަލް ކައުންސިލްތަކުން އަންހެހުންނަށް ގޮނޑިތަކެއް ރިޒާވްކުރުމަށް ޤާނޫނަށް އިސްލާޙުގެނެސް އެކަންވަނީ ތަންފީޒުކުރައްވާފައެވެ. އަދި ސަރުކާރުގެ ސިޔާސީ މަޤާމުތަކާއި ކުންފުނިޔަކުގެ ބޯޑުތަކާއި ޑިޕޮލޮމެޓިލް މިޝަންތަކުގައިި ކުރީގެ އެއްވެސް ސަރުކަރެއްގައި އަންހެނުންނަށް ފުރުސަތު ނުލިބޭ މިންވަރަށް މިސަރުކާރުންވަނީ ފުރުސަތުތައް ފަހިކޮށްދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން