ރާއްޖޭގައި ބޭރުގެ ސިފައިން ތިބިކަމަށްބުނެ އިދިކޮޅުފަރާތްތަކުން ދައްކަމުންދަނީ ދޮގު ވާހަކަތަކެއް ކަމަށާ، މިފަހަރުގެ ކެމްޕެއިންގައި އެކަމުގެ ހަޤީޤަތް ރައްޔިތުންނަށް ސާފުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުންނެވެ. މިއަދު އެމަނިކުފާނު އެޕްރޮގްރާމުގައި ވާހަކަފުޅުދެއްކެވީ ފޯނުމެދުވެރިކޮށެވެ.

ރައީސް ވިދާޅުވީ މިފަހަރުގެ ރިޔާސީ އިންތިޚާބުގެ ކެންޕޭންގައި ސަރުކާރާއި ދެކޮޅަށް، އިދިކޮޅު ފަރާތްތަކުން ވަރަށް ގިނަ ދޮގު ވާހަކަތައް ދައްކައި އެވާހަކަތައް ފަތުރާފައިވާ ކަމަށެވެ. އޭގެ ތެރެއިން އެއްކަމަކީ ރާއްޖޭގައި ބޭރުގެ ސިފައިން ތިބިކަމަށްބުނެ ދައްކަމުންދާ ވާހަކަތައްކަމަށް ރައީސް ވިދާޅުވިއެވެ. އެފަދަ ވާހަތައް އިދިކޮޅުން ދައްކާފައިވަނީ ވަރަށްބޮޑަށް ރައްޔިތުންނަށް ޤަބޫލުކުރެވޭގޮތަށް ކަމަށާ، މިފަހަރު އެކަންކަމުގެ ހަޤީޤަތް ހާމަކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ބޭރުގެ ސިފައިން ރާއްޖޭގައި ތިބި ވާހަކައަކީ އެއްވެސް ކަހަލަ ހަގީގަތެއްނެތް ކަނޑައެޅިގެން ދޮގު ވާހަކައެއްކަމަށް ރައީސް ވިދާޅުވިއެވެ. އެހެންނަމަވެސް ބޭރުގެ ސިފައިން ތިބިކަމަށް އިދިކޮޅުން ދައްކާ ވާހަކަ ދޮގުކުރެވޭވަރުގެ ހެކިތަކެއް އަދި އެފަދަ މަޢުލޫމާތުތަކެއް އެމްޑީޕީގެ ކެމްޕެއިންގައި ރައްޔިތުންނަށް ދެވިފައި ނެތްކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިދިޔަ ކެމްޕެއިންތެރޭގައި އެވަރުގެ މަސައްކަތްތަކެއްވެސް ކުރެވިފައި ނެތްކަމަށް ރައީސް ވިދާޅުވިއެވެ.

މިބުރުގައި އެކަމުގެ ހަޤީޤަތް ހާމަކޮށްދެއްވާނެކަމަށާ، ރާއްޖޭގެ މިނިވަންކަމާއި، ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލޭ ގޮތަށް އެއްވެސް ކަމެއް ކޮށްފައިނޯންނާނެކަމަށް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން