މަރިޔަމް ލަމްޙާ ރަޝީދު   10 ސެޕްޓެމްބަރު 2023 - 13:50
އެޕަލްގެ އައިފޯން 15 ލޯންޗުކުރާ ދުވަސް ގާތްވެފައިވަނިކޮށް އަނެއްކާވެސް މިވަނީ އެފޯނާބެހޭ އައުމަޢުލޫމާތުތަކެއް ލީކުވެފައެވެ. މިކަމާއިގުޅިގެން އެމެރިކާގެ ބްލޫމްބާގް ނޫހުގައި މާކް ގުރްމަން ކިޔާ ޖާނަލިސްޓަކުމިވަނީ އައިފޯން 15 ގެ ސައިޒާއި ބަރުދަނާއި ޑިޒައިންއަށް އަންނަ ބަދަލުތަކާއި ބެޓެރީގެ ދިގުމިނާއި ކެމެރާގެ ތަފްސީލު ގެނެސްދީފަ އެވެ. އަދި މިއާއިއެކު އައިފޯން 15 ގެ އެކި މޮޑެލްތަކުގެ ކެޕޭސިޓީތައްވެސް ހިމެނޭހެން ރިޕޯޓެއް އެކުލަވާލާފައެވެ.

އެހެންކަމުގެ އައިފޯން ބޭނުންކުރާ ފަރާތްތަކަށް އަދި އައިފޯން 15 ގަތުމުގެ ވިސްނުންހުރި ފަރާތްތަކަށް ބޭނުންވާނެ މިމުހިންމު މައުލޫމާތުތައް ތިރީގައި ހިމަނާލާނަމެވެ.

ސައިޒް - ގުރްމަން ބުނާ ގޮތުގައި އައިފޯން 15 ޕްރޮސްގެ އާ ޓައިޓެނިއަމް ޗެސިސްގެ ސަބަބުން ފޯނުގެ %10 ބަރުދަން ދަށްވާނެ އެވެ. މިއީ މާ ބޮޑު ބަދަލެއް ކަމުގައި ނުފެނުނު ނަމަވެސް، މީގެ ސަބަބުން އައިފޯން 15 ޕްރޯގެ ބަރުދަން އެންމެ 185ގްރާމަށް ނުވަތަ އެއަށްވުރެ ދަށްވާނެ ކަމަށް އޭނާ ރިޕޯޓުކުރެއެވެ. މިމޮޑިފިކޭޝަންއާއި ނުލައި ކުރީގެ އައިފޯންތަކަށް ބަލާނަމަ ހުންނާނީ 206 ގްރާމުގައެވެ. އަދި މިމޮޑިފިކޭޝަންއާއިއެކު އައިފޯން 15 ޕްރޯ މެކްސްގެ ބަރުދަން 240ގްރާމްގެ ބަދަލުގައި ހުންނާނީ 216 ގްރާމަށް ލުއިވެފައިކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ޑިޒައިން — ގުރްމަން ހާމަކުރާ ގޮތުގައި 15 ޕްރޯ ގައި ސްޓެއިންލެސް ސްޓީލްގެ ބަދަލުގައި ބޭނުންކުރާ ޓައިޓެނިއަމް ޗެސިސްގެ ފްރޭމްގަނޑުގައި އިނގިލީގެ ނިޝާން ބޭނުންކުރާ ފީޗާތައް މަދުކުރެވިފައިވެއެވެ. އަދި ކުރީގެ އައިފޯންތަކާއި އަޅާބަލައިރު ފޯނުގެ ކަންތައް އޮމާންވެފައި ވަށްކޮށް ޑިޒައިންކުރެވިފައިވާނެއެވެ. އައިފޯން 15 ޕްރޯ އަދި ޕްރޯ މެކްސް ޑިސްޕްލޭތައްވެސް ބެޒެލް ސައިޒުގެ ނުވަތަ ފޯނުގެ ޑިސްޕްލޭ ސްކްރީން ވަށައިގެން ހުންނަ ބައި، ތިންބައިކުޅަ އެއްބައި ކުޑަވުމުން، ފާހަގަވާވަރަށް ވަރަށް ބޮޑު ކަމަށް ފެންނާނެއެވެ.

ބެޓެރީ ލައިފް އާއި ޗާޖިން – އަދަދުތަކުން މަަޢުލޫމާތުތައް ލިބިފައިނުވި ނަމަވެސް ގުރްމަން ބުނާ ގޮތުގައި އައިފޯން 15 ޕްރޯސްގެ އޭ17 ބަޔޮނިކް ޗިޕްގެ ސަބަބުން އައިފޯން 14 ޕްރޯ އާއި ޕްރޯ މެކްސް އިން ދޭ 23-29 ގަޑިއިރުގެ ބެޓެރީ ލައިފް އަށްވުރެ އައިފޯން 15ގައި ހުންނަ ބެޓަރިލައިފް ގިނަވާނެއެވެ. އެހެންކަމުން އައިފޯން 15ގައި ޗާޖު ހިފަހައްޓާ ވަގުތު ގިނަވާނެއެވެ. އަދި އައިފޯން 15 ގެ ހުރިހާ މޮޑެލްތަކަށް ވަޔަލެސް ޗާޖިންވެސް އަވަސްވާނެ ކަމަށް އޭނާ ރިޕޯޓުކޮށްފައިވެއެވެ.

ކަނެކްޓިވިޓީ - އައިފޯން 15 ގެ ހުރިހާ މޮޑެލްތަކަށް އައު 'ޔޫ2' އަލްޓްރާ ވައިޑްބޭންޑް ޗިޕެއް އަންނާނެ ކަމަށާއި، މިއީ 2019 ވަނަ އަހަރު އައިފޯން 11 ޕްރޯ އަށް ތަޢާރަފްކުރި ފަހުން ފުރަތަމަ ފަހަރަށް ޗިޕް އަޕްގްރޭޑްކުރެވޭ ފޯނެވެ. ޔޫ2 އަލްޓްރާ ވައިޓްބޭންޑް ޗިޕަކީ ފޯނާއި އެހެނިހެން ޑިވައިސްތަކާއި ކަނެކްޓްކުރުމަށް ދެޑިވައިސްދެމެދުގައި ހިނގާ މަޢުލޫމާތު ބަދަލުކުރުމަށް ބޭނުންކުރާ ރޭޑިއޯވޭވް ޕާތުވޭ އުފެއްދުމަށް ހަރުކުރެވޭ އެއްޗެކެވެ. މިފަހަރުގެ އަޕްގްރޭޑާއިއެކު ލޮކޭޝަން ޓްރެކިންގެ ރޭންޖު އިތުރުވާނެއެވެ.

ބްރޭންޑިން – އައިފޯން 15 ލޯންޗިން ކައިރިވެފައިވަނިކޮށް ފޯނުގެ ނަން އައިފޯން 15 ޕްރޯ މެކްސްގެ ނަން 'އައިފޯން 15 އަލްޓްރާ' އަށް ބަދަލުކުރާނެ ކަމުގެ އަޑު އަރައިފައިވެއެވެ. އެހެންނަމަވެސް މިފަހަރު މިގޮތަށް ބްރޭންޑް ނުކުރާނެކަމަށް ރިޕޯޓުކުރެވެއެވެ. އިންޑަސްޓްރީގެ އޮބްޒާވަރުން ބުނާ ގޮތުގައި މިހާރު މި ބަދަލު އަންނާނެ ކަމަށް ބެލެވެނީ 2024 ވަނަ އަހަރު އައިފޯން 16 ގެ ލައިނަޕް އާއި އެކުގަ އެވެ.

ކެމެރާ - ފުރަތަމަ ފަހަރަށް އައިފޯން 15 ޕްރޯ އަދި ޕްރޯ މެކްސްގައި ޓެލެފޮޓޯ (ޒޫމް) އަދި އަލްޓްރާ ވައިޑް ކެމެރާ- ( 12 މެގަޕިކްސެލް އަށް ވުރެ ގިނަ ޕިކްސެލްގެ ކެމެރާ ) ހުންނާނެ އެވެ. ޕްރޯ މެކްސްގެ އެކްސްކްލޫސިވް ޕެރިސްކޯޕިކް ޒޫމް ލެންސް އިން 6 ގުނައިތުރަށް އޮޕްޓިކަލް ޒޫމް ކުރެވޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން