މަރިޔަމް ލަމްޙާ ރަޝީދު   14 އޯގަސްޓު 2023 - 12:59
ބޫޓުން ނުބައިވަސްދުވާތަ؟ އަދި ބޫޓުން ނުބައިވަސްދުވާތީ އެހެންމީހުންނަށް އުނދަގޫވެގެން އުޅެނީ އަޅުގަނޑުމެންގެ ތެރެއިން ކިތައްމީހުންބާވައެވެ. ބަންދު ކޮޓަރިއެއްގައި ހުންނަ އިރު ބޫޓުން އަރާ ނުބައިވަހުން ލަދުގަންނަންޖެހޭ ހިސާބަށް ބައެއްފަހަރު ދެއެވެ. ވަކިން ޚާއްސަކޮށް ދުވާ ބޫޓާއި އާއްމުކޮށް އަރައިގެން އުޅޭ ސްނީކާސްއިން މިގޮތަށް ވަސްދުވައެވެ. ގިނަފަހަރު މި ބޫޓުތައް ދޮވުމަށް ވަގުތު ނުލިބޭ ވަގުތުވެސް އަންނާނެއެވެ.

ބޫޓުން ނުބައިވަސް ދުވާނަމަ، ވަސްކަނޑުވާލާނެ ގޮތްތައް ނޭނގުމަކީ ތިމާ އެހެންމީހުން ކުރިމަތީ ލަދުގަނެ މާޔޫސްކުރުވާކަމެކެވެ. ނަމަވެސް ދެން އިތުރަށް މާޔޫސްނުވާށެވެ. ތިރީގައި މިވާ ކޮންމެ ގޮތެއް ބޭނުންކޮށްލުމުންވެސް ތިޔަ ލަދުވެތި ހާލަތުން ފަސޭހައިން އަރައިގަނެވިދާނެއެވެ.

1. ސައިފަތް



ސައިފަތުގައި ހުންނަ ޓޭނިސް ކިޔާ މާއްދާއަކީ ބޫޓުގައި ބެކްޓީރިއާ އުފެދުން ކޮންޓްރޯލްކޮށް އުފެދޭބެކްޓީރިޔާތައް ނައްތާލަދީ ނުބައިވަސް ކަނޑުވައިލަދޭ އެއްޗެކެވެ. އެހެންކަމުން ސައިފަތް ފެނުކައްކާފައި (ނުވަތަ ސައި ތައްޔާރުކުރުމަށްފަހު އުކާލަންވެފައިހުރި ސައިފަތް ޕެކެޓުވެސް ބޭނުންކުރުންވެސް އެންމެ ރަނގަޅުވާނެއެވެ. ނަމަވެސް ބޫޓުގެ ތެރެއަށް ސައިފަތްޕެކެޓް ބާއްވަންވާނީ ފެނުންނަގައި ހިހޫވުމުން އެ ކުޑަކޮށް ފެލާލުމަށްފަހުގައެވެ. މިގޮތަށް ގަޑިއިރެއްވަންދެން ބޫޓުގައި ބޭއްވުމަށްފަހު ނަގާށެވެ. އަދި ބޫޓުން ފެން ފޮހެލާށެވެ.

2. ލޮނު



ސްނީކާސްފަދަ އާއްމުކޮށް ލައިއުޅޭ ބޫޓުތަކުގައި ވަސްހިފާލެއް އަވަސްވާނެއެވެ. އެހެންކަމުން އަބަދު އަރައިގެން އުޅެމުން ބޭނުންވާވަރަށް އަބަދު ނުދޮވެވިދާނެއެވެ. އެހެންކަމުން ގެއަށް އައިސް ބޫޓު ބޭލުމަށްފަހު ދޭތެރެއަކުން ބޫޓުތެރެއަށް ލޮނުކޮޅެއް ވިއްސާލާށެވެ. ދެން މޮއިސްޗަރ އެބްޒޯބްކުރުމަށްފަހު ބޫޓު ސާފުކޮށްލާށެވެ.

3. އެސެންޝިއަލް އޮއިލްސް



އެސެންޝިއަލް އޮއިލްގެ 2-3 ތިކި ބޫޓު ތެރެއަށް އަޅާށެވެ. އޭރުން ބޫޓުން މީރުވަސް ދުވާނެއެވެ. އިކަލިޕްޓަސް، ކްލޯވް އާއި ޓްރީ އޮއިލްއަކީ އެސެންޝިއަލް އޮއިލްގެ ތެރެއިން މީރުވަސްދުވާ ބައެއް ބާވަތްތަކެވެ. ބޫޓުތެރެއަށް އޮއިލް އަޅަން ބޭނުންނޫންނަމަ ޓިޝޫ އަކަށް ދެތިން ތިކި އެސެންޝިއަލް އޮއިލް އެޅުމަށްފަހު ބޫޓުތެރެއަށް އަޅައި ރޭގަނޑު ބަހައްޓާށެވެ.

4. ބޭބީ ފުށް



ބޫޓަށް އެރުމުގެ ކުރިން ބޭބީ ފުށް ބޭނުންކުރުމަކީ ފައިން ނުބައިވަސް ފިލުވާލުމަށް ކުރެވިދާނެ ކަމެކެވެ. ފައިން އާއްމުކޮށް ނުބައިވަސް ދުވާނަމަ ނުވަތަ ދާހިއްލާނަމަ ސްޓާކިންނަށް އެރުމުގެ ކުރިން ފައިގައި ބޭބީ ފުށް ހާކާލާށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން