އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން
އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން
އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

މިކަން ހާމަ ކުރައްވާފައިވަނީ ބޮޑުވަޒީރު މިއަދު ޓްވިޓަރ މެދުވެރި ކުރައްވައި ދެއްވި ވީޑިއޯ މެސެޖެއްގައެވެ. ބޮޑުވަޒީރު ވިދާޅުވީ ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19 ގެ ޢަލާމާތްތައް ފެނުމާއި ގުޅިގެން ހެއްދެވި ޓެސްޓްތަކުގެ ނަތީޖާއިން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

މިވަގުތު ހުންނެވީ ސެލްފް އަމިއްލަފުޅަށް އެކަހެރިވެވަޑައިގެން ކަމަށާއި، އެހެން ނަމަވެސް ކޯވިޑް-19 އާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި އިނގިރޭސި ރައްޔިތުންނާއެކު އެންމެ ކުރީގައި ސާބިތުކަމާއެކު ހުންނަވާނެ ކަމުގައި ބޮޑުވަޒީރު ވިދާޅުވެފައި ވެއެވެ. ވީޑިއޯ ކޮންފަރެންސް ގެ ޒަރީޢާ އިން ދެއްވި މި މެސެޖްގައި ސަރުކާރުގެ މަސްއޫލިއްޔަތުތައް އުފުއްލެވުމުގައި ދެމި ހުންނަވާނެ ކަމަށްވެސް ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވެފައިވެއެވެ.

އިނގިރޭސި ވިލާތުން މިހާތަނަށް ކޯވިޑް-19 އަށް 11658 މީހުން ޕޮޒިޓިވް ވެފައިވާއިރު، އޭގެތެރެއިން 578 މީހުން މަރުވެފައިވާ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން