އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް
އެސްޑީއެފްސީން ދޫކުރާ އެސްއެމްއީ ލޯނުތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް ވެސް އޮންނާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

މިއީ ސަރުކާރުން އެކުލަވާލި އިކޮނޮމިކް ސްޓިމިއުލަސް ޕެކޭޖުގައި ހިމެނޭ ބައެކެވެ.

މިނިސްޓަރު ފައްޔާޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަމިއްލަ މަސައްކަތްކުރާ ފަރާތްތަކުގެ ހާލަތު ރިޕޯޓު ކުރެވޭ ގޮތަށް ޖޮބް ސެންޓަރުގެ ޕޯޓަލަށް ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރަމުން ގެންދާކަމަށެވެ. އަދި އެސްޑީއެފްސީން މަސައްކަތް ކުރާނީ ލޯނުގެ އިންޓްރެސްޓުން ފައިދާ ހޯދުމުގެ ބަދަލުގައި ވީހާ ވެސް ގިނަ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމަށް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ވިޔަފާރިތަކުގެ ވޯކިން ކެޕިޓަލް ރަނގަޅު ކުރުމަށް ދޫކުރާ މި ޕެކޭޖުގެ ދަށުން ފައިސާ ދޫކުރާނީ ހަ މަހުގެ ގްރޭސް ޕީރިއަޑަކާއެކު ހަ ޕަސެންޓު އިންޓްރެސްޓްގައެވެ. އަދި އެ ފައިސާ އަނބުރާ ދެއްކުމަށް ލިބޭނީ ތިން އަހަރުގެ މުއްދަތެކެވެ.


ކިޔުންތެރިންގެ ހިޔާލު


25

ޞައްދާމު

28-Mar-2020

ޢެދެވިދާނެ! އެކަމަކު ނުއެއް ލިބޭނެ!



ޓްރެންޑިން