ދަރިފުޅުގެ އެންމެ ތުއްތު އުމުރަކީ ކަންކަން ހޯދައި ދަސްކުރާ އުމުރެވެ. އެހެންކަމުން ދަރިފުޅާއި ގިނައިން ވާހަކަ ދެއްކުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި ދަރިފުޅުގެ މަންމަވެސް ވަޒީފާއަށް ދާއިރު ގޭގައި ދަރިފުޅު ބަލަހައްޓަން މީހަކު ހުރިނަމަ އެމީހާވެސް ދަރިފުޅާއި ކޮންމެވެސް ވަރަކަށް ވާހަކަ ދެއްކުމަށް ބާރު އަޅަންވާނެއެވެ. ހަމައެކަނި އަދާކޮށްލާ ވަޒީފާއެއްހެން ފެންވަރުވާ ކާންދީ ޓީވީ ކުރިމަތީގައި މަންމަ އޮފީހުން އަންނަދެން ބަހައްޓާނަމަ ދަރިފުޅުގެ ސިކުނޑި ތަރައްޤީވުމަށް ލަސްތަކައް އަތުވެދާނެއެވެ.

އެމެރިކާގެ ޑާލަސް ޓެކްސަސްގެ ނިއިރޯޑިވެލޮޕްމަންޓް ޓިމަކުން ކުރި ދިރާސައަކުން ދައްކާގޮތުން ވިހައިގެން އުޅޭ ދުވަސްވަރު ނުވަތަ 'ނިއުބޯން' ދުވަސްވަރު ދަރިފުޅާއި ވާހަކަ ދެއްކުމަކީ ދަރިފުޅުގެ ސިކުނޑި ތަރައްޤީވުމަށް އެހީތެރިވެދޭ ކަމެއްކަމުގައެވެ. އެމްއާރުއައި އާއި އޯޑިއޯ ރިކޯޑިންގ ބޭނުންކޮށްގެން ހެދި މިދިރާސާއިން ދައްކާގޮތުގައި ތުއްތު ދަރިފުޅާ ވާހަކަދައްކައި އުޅުމުން ދަރިފުޅުގެ ވާހަކަ ދެއްކުމުގެ ހުނަރު ތަރައްޤީވެއެވެ. މިދެންނެވި ދިރާސާގެ ހޯދުންތައްވަނީ ޑިވެލޮޕްމެންޓަލް ކޮގްނިޓިވް ނިއުރޯސައިންސް މަޖައްލާގައި ޝާއިއުކޮށްފައެވެ.



މިދިރާސާކުރި ޓީމުގައި އިސްކޮށް އުޅުއްވި އެސިސްޓެންޓް ޕްރޮފެސަރ އޮފް ސައިކޮލިޖީ، ޑޮކްޓަރ މެގަން ސްވޫން މިކަމަށް އަލިއަޅުވާލައި ވިދާޅުވެފައިވަނީ ތުއްތު ކުދިންގެ ތެރެއިން، ގިނަ ބަސްތައް ބޭނުންކުރަން އެނގި، އަވަހަށް ވާހަކަ ދައްކަންފަށައި ލޭންގުއޭޖު ސްކިލްސް ތަރައްޤީވުން އެންމެ އަވަހީ އެކުދީންނާއި މައިންބަފައިން ގިނައިން ވާހަކަ ދައްކައި އުޅޭ ކުދީންނެވެ. ދަރިފުޅުގެ އެންމެ ތުއްތު އުމުރުން ފެށިގެން، މައިންބަފައިން އެކުދިންނާއި ވާހަކަ ދައްކާއިރު، ތުއްތު ދަރިފުޅަށް އެ އިވޭ ބަސްތަކުގެ ސަބަބުން

ތުއްތު ދަރިފުޅުގެ ޅަ ސިކުނޑީ ހޭނި ވައިޓް މެޓަރ ތަރައްޤީވެގެންދިޔުމަށް ވަރަށް ބޮޑަށް އެހީވެދޭ ކަމަށްވެސް އޭނާ ވިދާޅުވެއެވެ.

މީގެ އިތުރުން ޑރ. މެގަންވަނީ ތުއްތު ކުދީންގެ ޅަ ސިކުނޑި ތަރައްޤީވުމާއި މައިންބައިން އެކުދީންނާ ދައްކާ ވާހަކައާ ހުރި ގުޅުމާބެހޭގޮތުން ވަރަށް ބޮޑަށް އަލިއަޅުއްވާފައެވެ. އެގޮތުން އޭނާ ވިދާޅުވިގޮތުގައި މައިންބައިން ކުއްޖާއާއި ގިނައިން ވާހަކަ ދައްކައި ހެދުމުން، ވައިޓް މެޓަރ އިތުރުވާވަރަށް އެކުއްޖާގެ ޅަސިކުނޑީގައި އިންފޮމޭޝަން ޕްރޮސެސްވާ ގްރޭ މެޓަރ ސަރަހައްދުތަކަށް ސިގުނަލް ފޮނުވައިދޭ މިންވަރު އިތުރުކޮށްދީ ސިކުނޑީގެ މަސައްކަތްތައް ހަލުވިކޮށްދޭ ކަމުގައެވެ.

ޖުމްލަ 52 ތުއްތު ކުދިންގެ ސާމްޕަލް އެކުލަވާލައިގެން ކުރެވުނު މިދިރާސާގައި މިކުދިންގެ މައުލޫމާތުތައް އެއްކޮށްފައިވަނީ، އެމެރިކާގެ އިންފެންޓް ބްރެއިން އިމޭޖިން ސްޓަޑީ (އައި.ބީ.އައި.އެސް)ގެ ރިޕޯޓުތަކުންނެވެ. މިއީ އެމެރިކާގެ 8 ޔުނިވަރސިޓީއަކާއި ކެނެޑާ، ސީއޭޓަލް، ފިލެޑެލްފިއާގެ އިތުރުން އިތުރު 3 ޤައުމެއްގެ ރިސާޗު އިންސްޓިޓިއުޓުން ހިންގާ އޯޓިޒަމް ސެންޓަރ ޕްރޮޖެކްޓެކެވެ. މިދިރާސާއަށް ކުދިންގެ އޯޑިއޯ ރިކޯޑިންތައް ހޯދާފައިވަނީ އުމުރުން 9 މަހުގައާއި 15 މަހުގައެވެ. އަދި އެމްއާރުއައި ހަދާފައިވަނީ 3 މަހާއި، 6 މަހާއި ، 1 އަހަރު އަދި 2 އަހަރުގައެވެ. މިއުމުރުފުރާތަކަށް ބަލާފައިވަނީ ކުއްޖާ އެންމެ ކުޑައިރު އަޑުތައް ލައްވަން ފަށާ ހިސާބުން ކުއްޖާގެ ވާހަކަ ދެއްކުމާއި ހަމައަށް ކުއްޖާގެ ލެންގުއޭޖު ސްކިލްތައް ތަރައްޤީވާ މިންވަރު ދެނެގަތުމަށެވެ. ކުއްޖާގެ މައިންބަފައިން ކުއްޖާއާއި މުއާމަލާތު ކުރުމަކީ ސިކުނޑީގެ ހެދިބޮޑުވުމަށް އެހީވެދޭ ކަމެއްކަމާއި ވާހަކަ ދެއްކުމުގެ ހުނަރު ތަރައްޤީވުމަށް އެހީވެދޭ ކަމެއްކަމުގައި ހޯދައިގަނެވިފައިވީނަމަވެސް ސިކުނޑީގެ މަސައްކަތްތަކާ މިކަމާ ގުޅުން ހުރީ ކިހިނެއްކަމެއް ހޯދައިގަނެވިފައި ނުވެއެވެ.

މިދިރާސާގައި ތުއްތު ކުދިންގެ އެމްއާރުއައި ސްކޭންތަކުން އެކުދިންގެ ސިކުނޑީގެ ނިއުރޮލޮޖިކަލް ޕާތުވޭ ތަކަށް ފޯކަސްކޮށްފައިވާއިރު، އެކުދިންގެ ސިކުނޑީގެ އާކުއޭޓް ފެސިކިއުލަސް ކިޔާ، ވާހަކަ ދެއްކުމާއިބެހޭ ބަޔާއި، އަންސައިނޭޓް ފެސިކިއުލަސް ކިޔާ، ހަނދާންހުރުމާއި ދަސްކުރުމުގެ ޤާބިލުކަމާއި ބެހޭބައިވަނީ ވަރަށްބޮޑަށް ދިރާސާކޮށްފައެވެ.

އެމްއާރުއައި އިމޭޖިންއިން ދައްކުވައިދެނީ ކުއްޖާ ހެދިބޮޑުވަމުން އަންނަ ވަރަކަށް ފްރެކްޝަނަލް އެނިސޮޓްރޮޕީ (އެފް.އޭ) ނުވަތަ ސިކުނޑީގައި ފެން ދައުރުވާ މިންވަރަށް އަންނަ ބަދަލެވެ. ޅަ ސިކުނޑީގައި ވައިޓް މެޓަރ ޑިވެލޮޕްވާވަރަކަށް ސިކުނޑީގައި ފެން ދައުރުވާ މިންވަރު މަދުވެއެވެ. އެއީ ސިކުނޑީގެ ފައިބަރތައް ހެދިބޮޑުވާ މިންވަރާއި ސިކުނޑީގެ ސްޓްރަކްޗަރ ޑިވެލޮޕްވާވަރަކަށް ކުއްޖާގެ ސިކުނޑީގައި ދައުރުވާ ފެނުގެ މިންވަރު މަޑުމަޑުން މަދުވަމުންދާނެތީއެވެ.

ދިރާސާއިން އެނގުނު ގޮތުގައި ޅައިރު މައިންބަފައިންގެ ފަރާތުން ގިނައިން ވާހަކަ ދައްކާ ކުދިންގެ އެފް އޭ ލެވަލް އާއި ވައިޓް މެޓަރ ޑިވަލޮޕްވާ މިންވަރު މަދުކަމެވެ. އެހެންނަމަވެސް އެކުދިން ވާހަކަ ދައްކަންފެށިލެއް އަވަސްވެފައި އެކުދިންގެ ވާހަކަ ދެއްކުމުގެ ހުނަރު އަވަހަށް ތަރައްޤީވާކަންވަނީ ހާމަވެފައެވެ.

އެހެންކަމުން މިދިރާސާއިން ދައްކަނީ އެފްއޭއާއި ކުއްޖާގެ ވާހަކަ ދެއްކުމުގެ ހުނަރާއި ނެގެޓިވް ކޯރެލޭޝަންއެއް ހުންނަ ކަމަށެވެ. ނަމަވެސް ޅަ ސިކުނޑިއެއްގެ ޑިވެލޮޕްމަންޓާއި ބޮޑުމީހެއްގެ ސިކުނޑިއާއި ވަރަށް ތަފާތެވެ. ކުއްޖާގެ ސިކުނޑި ތަރައްޤީކުރުމަށް އެކިއެކި ކަންކަމަށް ކުއްޖާ އެސްޕޯސްކުރުވައި މުއާމަލާތުކުރުމަކީ ވަރަށްވެސް މުހިންމު ކަމެ


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން