ޗައިނާއިން ރާއްޖެއަށް ދޭ އެހީގެ ފުރަތަމަ ޝިޕްމެންޓް މިއަދު ރާއްޖެއަށް ގެނަސްފައިވާ ކަމަށް ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ޒޮންގ ލިއޮން ވިދާޅުވެއްޖެއެވެ.

މީގެކުޑައިރުކޮޅެއް ކުރިން ޗައިނާ ސަފީރު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ މި ޝިޕްމަންޓަކީ އިމަޖެންސީ މެޑިކަލް ސަޕްލައި ޝިޕްމެންޓެއް ކަމަށެވެ. އެމްއެންޑީއެފުން މީގެ ކުޑައިރުކޮޅެއް ކުރިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ޗައިނާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ބޭސް ޝިޕްމަންޓް ކްލިއަރ ކުރުން ނުވަތަ ވައިގެ ބަނދަރުން ނެރުމުގެ މަސައްކަތަށް އެފަރާތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.



ޗައިނާ ސަފީރު މީގެކުރިން ވިދާޅުވެފައިވަނީ ޗައިނާއިން ރާއްޖެއަށް ދޭ އެހީ ހުރީ ތައްޔާރަށް ކަމަށެވެ. ދަތުރުފަތުރުގެ ކަންކަން ހަމަޖެހުމާއެކު އެސާމާނު ރާއްޖެއަށް ގެނައުމުގެ މަސައްކަތް ފަށްޓަވާނެ ކަމަށް ސަފީރު ވިދާޅުވެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން