ވަރަށް ނުރައްކާތެރި އިންފެކްޝަނެއްގެ ސަބަބުން، ގިނަ ދުވަސްތަކެއްވާންދެން ހޮސްޕިޓަލުގައި އުޅެންޖެހޭނެތީ، އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ މެޑޯނާގެ މިއުޒިކީ ދަތުރެއް ކެންސަލްކޮށްފިއެވެ.

"ސެލެބްރޭޝަން" ގެ (އިޙްތިފާލުގެ) ނަމުން ނަންދީފައިވާ މިއުޒިކީ މިދަތުރުގައި އުތުރު އެމެރިކާއަށް ދާން އޮތް ހުރިހާ ތާރީޚުތަކެއް މިހާރުވަނީ ބަދަލުކޮށްފައެވެ. މިބަދަލު ގެނައުމުގެ ކުރިން ސެލެބްރޭޝަން ދަތުރު، އުތުރު އެމެރިކާގައި ފަށާ ގޮތަށް އޮތީ މިމަހުގެ ދުވަހެއްގައި ކެނެޑާގެ ވެންކޫވާއިންނެވެ.

ނަމަވެސް، މިދަތުރަށް މިހާރު ގެނެވިފައިވާ ބަދަލާއި އެއްގޮތަށް، ދެން މިދަތުރު ފަށާނީ އަންނަ އޮކްޓޯބަރު މަހުގެ ތެރޭގައި ޔޫރަޕުންކަމަށް މެޑޯނާ ބުނެފައިވެއެވެ.

މިދަތުރު އިންތިޒާމުކުރާ ލައިވް ނޭޝަންއިން ބުނި ގޮތުގައި އުތުރު އެމެރިކާގައި ސެލެބްރޭޝަންގެ ޝޯތައް ބާއްވާނެ ތާރީޚުތައް ފަހުން އިޢުލާނުކުރެވޭނެއެވެ.



ޚަބަރުތައް ބުނާ ގޮތުން އިންފެކްޝަނެއްގެ ސަބަބުން އުމުރުން ފަސްދޮޅަސް ހަތަރު އަހަރުގެ މެޑޯނާއަށްވަނީ މިދިޔަ މަހު އައި.ސީ.ޔޫގައި ފަރުވާދެވިފައެވެ.

"އަހަރެންގެ ނަޒަރު މިވަގުތު ހުއްޓިފައިމިވަނީ، އަހަރެންގެ ދުޅަހެޔޮކަމާއި ދިމާޔަށް. ކެރުނުހާ، އަވަހަކަށް އެނބުރި އަންނާނެކަމުގެ ޔަގީންކަން ދެން"، މިދިޔަ މަހު ހޮސްޕިޓަލުގައި އެޑްމިޓްކުރެވުނު ފަހުން، އާންމުކުރި ބަޔާނެއްގައި މެޑޮނާ ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން