ނިމިދިޔަ ރަމަޟާން މަހު ކަރަންޓާއި ފެނުގެ ބިލަށް ލުޔެއް ދެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެންގެވި ނަމަވެސް، އެމަނިކުފާނު އެދިވަޑައިގެންނެވި ގޮތަށް އެކަން ކޮށްފައި ނުވާތީ އެކަން އިސްލާހުކުރަން ރައީސް އަންގަވައިފިއެވެ.

ރައީސް އޮފީހުގެ ސްޕޯކްސްޕާސަން ހީނާ ވަލީދު މިއަދު ވިދާޅުވީ، ރަމަޟާންމަހު ފެނާއި ކަރަންޓު ބިލަށް ލުޔެއް ދެއްވުމަކީ ރައީސްގެ ވައުދެއް ކަމަށާއި ފެނާއި ކަރަންޓުބިލުތަކުން، ރައީސް އެދިވަޑައިގެންނެވި ގޮތަށް، ލުއިދެވިފައި ނުވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން އެކަން ހައްލުކުރުމަށް ކަމާއިބެހޭ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ އަންގަވާފައިވާކަމަށް ހީނާ ވަނީ ވިދާޅުވެފައެވެ.



ސަރުކާރުން މިހެން ބުނެފައިވާއިރު، މާލެ ސަރަހައްދަށް ކަރަންޓްގެ ހިދުމަތްދޭ ސްޓެލްކޯއިން ވެސް ވަނީ މިދިޔަ މަހުގެ ބިލަށް ވެސް ހާއްސަ ޑިސްކައުންޓެއް ދިނުމަށް ނިންމާފައިވާކަމަށް ބުނެފައެވެ. އަދި ފެނަކަ އިން ވެސް ވަނީ މިދިޔަ މަހުގެ ބިލަށް އިތުރު ޑިސްކައުންޓެއް ދިނުމަށް މަޝްވަރާ ކުރަމުން ދާކަމަށް ބުނެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މާޗް މަހުގެ ބިލުގެ ދެބައިކޮށްފައި އެއްބައިވަރުވަނީ މައާފު ކޮށްދީފައެވެ. ނަމަވެސް ރަމަޟާން މަހުގެ އެއްބައި އޭޕްރީލް މަހުގެ ތެރެއަށް ވެސް ވަދެފައި ވީނަމަވެސް އެ ބިލުން އެއްވެސް ވަރެއް މާފު ކޮށްދީފައި ނުވާކަން ގިނަ ބަޔަކު އަންނަނީ ފާހަގަ ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން