ފުލުހުން މީގެ ކުރިން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން
ފުލުހުން މީގެ ކުރިން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން
އައްޑޫ ފޭދޫ ސްޕާއަކުން ތިން އަންހެނުންނާއި ދެ ފިރިހެނުން ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ އައްޑޫސިޓީ ފޭދޫގައި އިއްޔެ ހިންގި އޮޕަރޭޝަނެއްގައި އެރަށުގައި ސްޕާއެއްގެ ގޮތުގައި ހިންގަމުންދިޔަ ތަނެއް ބަލާ ފާސްކޮށްފައިވާ ކަމަށެވެ.

އެތަން ބަލާ ފާސްކޮށް ދިވެހި 2 ފިރިހެނުންނާއި ތައިލެންޑް 3 އަންހެނަކު ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވަނީ މި މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.

މިއަހަރުގެ މާޗު 9 ގައިވެސް ފުލުހުން ވަނީ އައްޑޫގައި ހަށިވިއްކަމުންދިޔަ ކަމުގެ ތުހުމަތުގައި ހިތަދު އާއި މަރަދޫގައި އޮޕަރޭޝަންތަކެއް ހިންގައި، ކޮންމެ ރަށަކުން ފަސް މީހުން ހައްޔަރުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން