ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ފުނަދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު މަމްދޫހު (މަންޑޭ) އަށް ސިހުރު ހެދި ކަމުގެ ތުހުމަތުތަކާއެކު އެ ރަށް ވަރަށް ބޮޑަށް ހޫނުވެއްޖެ އެވެ.
ށ. ފުނަދޫ ކައުންސިލް މެމްބަރު ހުސެއިން އަރީފް "ރަސް"އަށް ވިދާޅުވީ ސިހުރު ހަދާފައި ހުރި ތަންތަން ފެނުނީ ރޭގެ ވަގުތެއްގައި ކަމަށެވެ.
އޭގެ ތެރޭގައި ގަސްތަކެއް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންވެ ރައްޔިތުން މިއަދު ހެނދުނު ނުކުމެ ފުނަދޫގެ ޕޮލިސް ސްޓޭޝަން ދޮށަށް އެއްވެ އިހުތިޖާޖުކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަރީފް ވިދާޅުވީ ސިހުރު ހެދި ކަމަށް ތުހުމަތު ކުރަނީ އެ ރަށަށް އައިސްގެން އުޅޭ ދުވަސްވީ ފިރިހެނެއް ކަމަށެވެ.
"ސިހުރު ހަދާކަމަށް ބުނެ ރައްޔިތުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުން ދަނީ." އަރީފް ވިދާޅުވި އެވެ.
އެ މައްސަލައިގެ ތުހުމަތުގައި 60 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.

ކިޔުންތެރިންގެ ހިޔާލު