ދިއްގަރުން ލޯންޗެއްގައި މާލެ އައި ކުޑަކުއްޖާ އާއިލާއާ ހަވާލުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ ސިނަމަން ރިސޯޓްގެ ލޯންޗެއްގައި އެކަނި ދުއްވާފައި މާލެއައި 14 އަހަރުގެ ފިރިހެން ކުއްޖާ ހޯދައި، އާއިލާއާ ހަވާލުކޮށްފައިވާ ކަމަށެވެ.

އޭގެ އިތުރުން ހުޅުމާލޭ ފޭސް ދެއަކުން 13 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން އިއްޔެ ރިޕޯޓްކުރި ކަމަށާއި، އެކުއްޖާވެސް މިހާރު ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން ނުދެއެވެ.

މ. އަތޮޅުން ލޯންޗެއް ގެއްލިގެން އިއްޔެގެ ވަގުތެއްގައި ފުލުހުންނަށް ވަނީ ރިޕޯޓުކޮށްފައެވެ. އެ ލޯންޗު ހުޅުމާލޭ، އެމްޓީސީސީ ފެރީ ޓާމިނަލް ކައިރީ ފަޅުގައި އޮއްވައި މިހާރު ފެނިފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

ފިރިހެން ކުއްޖާ ލޯންޗުގައި ދިޔަކަމަށް ތުހުމަތު ކުރެވުނީ ދިއްގަރު ފަޅުގައި އަޅާފައި އޮތް ލޯންޗާއެކު އެކުއްޖާ ވެސް ގެއްލުމުން ކަމަށް އެރަށު ކައުންސިލުން ބުނެއެވެެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން