ރައްޔިތުންގެ މަޖިލީހުގައި މަރުތަޅު ނޭޅުވޭނެކަމަށާއި މަޖިލިސް ހުއްޓުމަކަށް އައުމުގެ މައްސަލައިގައި ވެރިކަންކުރާ އެމްޑީޕީން ޒިންމާ ނަގަންޖެހޭނެކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ޖޭޕީގެ ކައުންސިލް ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން، ރައްޔިތުންގެ މަޖިލީހުގައި އެންމެ ގިނަ ދުވަސްވީ މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ގާސިމް ވިދާޅުވީ ސަރުކާރުން މިނިވަން މުއައްސަސާތަކަށް ނުފޫޒު ފޯރުވާކަމަށެވެ. އޭގެ މިސާލެއްގެ ގޮތުން ގާސިމް ދެއްކެވީ އޭސީސީއަށް ނުފޫޒު ފޯރުވައިގެން ވިލާ ކުންފުނީގެ ވާވެއްދިފަޅު ކުއްޔަށް ދިނުން ހުއްޓުވުމާއި، އިލެކްޝަން ކޮމިޝަނަށް ނުފޫޒު ފޯރުވައިގެން "ދަ ޑިމޮކްރެޓްސް" ޕާޓީ އުފެއްދުން ހުއްޓުވުމެވެ.
މިކަންކަމުގެ އިތުރުން ރައްޔިތުންގެ މަޖިލިސް ހުއްޓުމަކަށް އައިސްފައިވާ މައްސަލައިގައިވެސް ގާސިމް ވަނީ ސަރުކާރަށް ފާޑު ވިދާޅުވެފައެވެ. ގާސިމް ވިދާޅުވީ މަޖިލިސް ޑެޑްލޮކަކަށް ނުގެންދެވޭނެކަމަށާއި އެކަމުގެ ޒިންމާ ސަރުކާރުން ނަގަންޖެހޭނެކަމަށެވެ. އަދި ދައުލަތުގެ ހުރިހާ މުއައްސަސާއެއް ޤާނޫނީ ހުސްކަމެއްގެ ތެރަށް ވަންނަމުންދާކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
"އެއީ ރަނގަޅު މިސާލެއްނޫން ދައްކާކަށް. ސަރުކާރު ހިންގާ ޕާޓީން އެކަން ކުރީ. ބާރުގައި ހުންނަވަން ތިހެން ހަދައިގެން ނުވާނެ." ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ އެމަނިކުފާނަކީ ޤައުމުގެ ކަންކަން އިސްލާހުކުރަން މަސައްކަތްކުރައްވާ ބޭފުޅެއްކަމަށާއި އަދިވެސް ހުންނެވީ އެެގޮތުގައިކަމަށެވެ. އަދި ރިޔާސީ އިންތިހާބަށް ނުކުންނެވީ އިސްލާހަށް އެދުނު ރައްޔިތުންގެ އުއްމީދުތައް ހާސިލުނުވެ، ރައްޔިތުން ސަލާންޖަހާ މަންޒަރު ފެނިވަޑައިގެންނެވުމުން ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު