ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ސަރުކާރުގެ ސޯޝަލް ހައުސިންގ ފްލެޓަކަށް ކުލި ދައްކާކަށް ނުޖެހޭނެކަމަށާއި، ހިޔާ ފްލެޓް ކުލަވެސް މައާފުކޮށްދެއްވާނެކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވީި ޖުމްހޫރީ ޕާޓީގެ 158 ވަނަ ކައުންސިލް ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޕާޓީގެ ކައުންސިލް މެމްބަރުންނާއެކު ބޭއްވި ބައްދަލުވުމުގައި ގާސިމް ވަނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ބޯހިޔަވަހިކަމުގެ ސިޔާސަތު ތަންފީޒުކުރުމުގައި އެކި މީހުންނަށް އެކި ގޮތް ހަދައިގެން، ތަފާތުކުރުން ގެންގުޅުއްވާކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ސަރުކާރުން ދީފައި ހުރި ހުރިހާ ފްލެޓަކެއްގެ ކުލި މައާފް ކޮށްދެއްވާނެކަމަށެވެ.
"އެއްބަޔަކަށް ވިއްކަނީ. އަނެއްބަޔަކަށް ދޭންވީ ހިލޭ. ކޮބާ އިންސާފް. ކޮބާ އިހުސާންތެރިކަން. އަޅުގަނޑުގެ ވެރިކަމެއްގައި ހިޔާ ފްލެޓްތަކުގެ ކުލި މައާފުކޮށްދޭނަން. ބޮޑު ލާރިއެއްވެސް ދައްކާކަށް ނުޖެހޭނެ." ގާސިމް ވިދާޅުުވިއެވެ.
ހިޔާ ފްލެޓްތަކުގެ އިތުރުން ސިފައިންނާއި ފުލުހުންގެ ފްލެޓްތަކުގެ ކުލިވެސް މައާފުކޮށްދެއްވާނެކަމަށް ގާސިމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު