ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، އެމްޑީޕީއަށް ސޮއިކުރުމަށް ނިންމަވައިފިއެވެ.
މީޑިއާތަކާއި ވާހަކަދައްކަވަމުން ޖާބިރު ވިދާޅުވީ އޭނާ އެމްޑީޕީއަށް ސޮއިކުރުމުގެ ރަސްމިއްޔާތު އޮންނާނީ މާދަމާ ހެނދުނު 11:00ގައި ސޯލްޓް ކެފޭގައިކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި އެމްޑީޕީގެ ބައެއް މެމްބަރުންވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ. މި ރަސްމިއްޔާތަށް ޖާބިރު ވަަޑައިގަންނަވާއިރު ހާއްސަ ހަރަކާތްތަކެއް ކުރިއަށްދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޖާބިރަކީ މީގެކުރިން ޑީއާރުޕީ، ޖުމްހޫރީ ޕާޓީ، އަދި އެމްޑީޕީގައިވެސް އުޅުއްވި ބޭފުޅެކެވެ. އޭނާ އެމްޑީޕީއާ މި ގުޅިވަޑައިގަންނަވަނީ ދެވަނަ ފަަހަރަށެވެ.
ޖާބިރު އެމްޑީޕީއަށް ސޮއިކުރުމަށް ނިންމާފައިވާއިރު، އެޕާޓީގެ ޗެއަރޕާސަން ފައްޔާޒު ވަނީ އޭނާ އެ ޕާޓީއަށް ގުޅުވަޑައިގަތުމަށް ދައުވަތު ދެއްވާފައެވެ.
ރިޔާސީ އިންތިހާބާއި ދިމާކޮށް އެމްޑީޕީއަށް ގިނަ އަދަދެއްގެ މެމްބަރުން އަންނަނީ ގުޅިވަޑައިގަންނަވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު