ޕީޖީ ޢަމަލުކުރައްވަނީ ހަމަހަމަކަމާއެކުކަން ކަށަވަރުކުރަންޖެހޭކަމަށް ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.
ހައިލަމް މީހެން ވިދާޅުވީ ދުވާފަރު ކައުންސިލްގެ ޚިޔާނާތުގެ މައްސަލައިގައި ދަޢުވާކުރުމުގެ ބަދަލުގައި ނަސޭހަތްދިނުމަށް ޕީޖީ އޮފީހުން ނިންމުނުންނެވެ.
ހައިލަމް ވަނީ މި މައްސަލައިގައި ހިމެނޭ ކަންކަމުގެ މައްޗަށް އަލިއަޅުއްވައިލައްވާފައެވެ. އެގޮތުން އެކަމުގައި ކުރެވޭނެ ދައުވާތަކާއި އަންނާނެ އަދަބުަތައްވެސް ހައިލަމް ވިދާޅުވެދެއްވިއެވެ.
ހައިލަމް ވަނީ މިއީ ދައުވާ ކުރެވޭނެ މައްސަލައެއްކަން ފާހަގަކުރައްވާފައެވެ.
ހައިލަމް ވިދާޅުވީ ޕްރޮސިކިއުޓަރ ޖެނެރަލް އޭނާގެ މަސްއޫލިއްޔަތު އަދާކުރަންވާނީ، އެއްވެސް ފަރާތަކަށް ޖެހިލުންވުމެއްނެތި ވަކިފަރާތަކަށް މަންފާއެއް ހޯދައިދިނުމެއްނެތި ހަމަހަމަކަމާއި ހާމަކަމާއެކު ނުފޫޒުން އެއްކިބާވެހުރެ ކަމަށް ޤާނޫނުއަސާސީގެ 220 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ. ނަމަވެސް މިމައްސަލައިގައި ދައުވާކުރުމުގެ ބަދަލުގައި ނަސޭހަތްތެރިވާން ނިންމީ މި މައްސަލައާއި، ސިޔާސީ ފަރާތްތަކާ ގުޅުން ހުންނަ އެހެން މައްސަލަތަކުގައި ވެސް ޕީޖީގެ ނިންމުންތައް ކުރިން ދެންނެވި އަސާސްތަކާ ޚިލާފުވެފައިވާ ކަމަށް ބެލެވޭ އެކަށީގެންވާ ސަބަބުތަކެއް ހުރިކަމަށް ހައިލަމް ވިދާޅުވިއެވެ.
ހައިލަމް ވަނީ ރައްޔިތުންގެ މަޖިލީހާއި، މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން، ޕީޖީ މަސްއޫލިއްޔަތު އަދާކުރައްވަމުން ގެންދަވާ ގޮތް ބައްލަވައިދެއްވައި، ދިވެހި ރައްޔިތުންނާމެދު ޕީޖީ ޢަމަލުކުރައްވަމުން ގެންދަވަނީ ހަމަހަމަކަމާއެކުގައިކަން ކަށަވަރު ކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

ދުވާފަރު ކައުންސިލްގެ ޚިޔާނާތުގެ މައްސަލަ:
— Ahmed Hailam (@AhmedHailam) June 23, 2023
ދުވާފަރު މައްސަލާގައި ދަޢުވާކުރުމުގެ ބަދަލުގައި ނަސޭހަތްދިނުމަށް ޕީޖީ އޮފީހުން ނިންމަންޖެހުނީ، މައްސަލާގައި ތުހުމަތުކުރެވޭ ރ.ކަނދޮޅުދޫ، ރިހިތަޅާގެ މުޙައްމަދު ޢަލިފުޅު (ކައުންސިލް އިދާރާގެ އެސިސްޓެންޓް ޑިރެކްޓަރު) އަކީ މޯލްޑިވްސް… pic.twitter.com/kfcdfzZZD4
ހައިލަމް ވިދާޅުވީ ޕްރޮސިކިއުޓަރ ޖެނެރަލް އޭނާގެ މަސްއޫލިއްޔަތު އަދާކުރަންވާނީ، އެއްވެސް ފަރާތަކަށް ޖެހިލުންވުމެއްނެތި ވަކިފަރާތަކަށް މަންފާއެއް ހޯދައިދިނުމެއްނެތި ހަމަހަމަކަމާއި ހާމަކަމާއެކު ނުފޫޒުން އެއްކިބާވެހުރެ ކަމަށް ޤާނޫނުއަސާސީގެ 220 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ. ނަމަވެސް މިމައްސަލައިގައި ދައުވާކުރުމުގެ ބަދަލުގައި ނަސޭހަތްތެރިވާން ނިންމީ މި މައްސަލައާއި، ސިޔާސީ ފަރާތްތަކާ ގުޅުން ހުންނަ އެހެން މައްސަލަތަކުގައި ވެސް ޕީޖީގެ ނިންމުންތައް ކުރިން ދެންނެވި އަސާސްތަކާ ޚިލާފުވެފައިވާ ކަމަށް ބެލެވޭ އެކަށީގެންވާ ސަބަބުތަކެއް ހުރިކަމަށް ހައިލަމް ވިދާޅުވިއެވެ.
ހައިލަމް ވަނީ ރައްޔިތުންގެ މަޖިލީހާއި، މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން، ޕީޖީ މަސްއޫލިއްޔަތު އަދާކުރައްވަމުން ގެންދަވާ ގޮތް ބައްލަވައިދެއްވައި، ދިވެހި ރައްޔިތުންނާމެދު ޕީޖީ ޢަމަލުކުރައްވަމުން ގެންދަވަނީ ހަމަހަމަކަމާއެކުގައިކަން ކަށަވަރު ކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.
ކިޔުންތެރިންގެ ހިޔާލު