މާލެ އަތޮޅު ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ފަތުރުވެރިޔަކު ރޭޕްކުރިކަމަށް ބުނާ މައްސަލައިގައި ތުހުމަތުކުރެވޭ މީހާގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ.
މިދިޔަ ހަފްތާގައި ފެންމަތިވި މި މައްސަލައިގައި ރޭޕްގެ ޝިކާރައަކަށްވެފައިވާކަމަށް ބުނަނީ ޗައިނާގެ ޒުވާން އަންހެން ޓޫރިސްޓެކެވެ. އޭނާ ރޭޕްކުރިކަމުގެ ތުހުމަތުކުރެވެނީ އެ ރިސޯޓްގެ ބަޓްލަރަކަށެވެ.
ފުލުހުން ބުނީ މި މައްސަލަ ހުށަހަޅާފައިވަނީ މިމަހުގެ 11 ވަނަ ދުވަހުކަމަށާއި، އެހާހިސާބުން ފެށިގެން މައްސަލައާ ގުޅިގެން ކުރަންޖެހޭ ކަންކަން ފުލުހުން ކުރަމުންދާކަމަށެވެ.
ފުލުހުން މިއަދު ބުނީ މި މައްސަލައިގައި ތުހުމަތުކުރެވޭ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނެއްގެ ޕާސްޕޯޓު ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހިފަހައްޓާފައިވާކަމަށެވެ. ނަމަވެސް އެމީހާއާ ގުޅޭ އެއްވެސް ތަފްސީލެއް ފުލުހުން ހާމައެއް ނުކުރައްވައެވެ.
މިކަމާއި ގުޅިގެން މީގެކުރިން ފުލުހުން ނެރުނު ބަޔާނުގައި ބުނީ ރާއްޖޭގެ ރިސޯޓެއްގައި ފަތުރުވެރިޔަކު ރޭޕްކުރިކަމަށް ބުނާ މައްސަލައިގެ ޝާމިލުވާ ދެމީހުންގެ ފޮރެންސިކް ސާމްޕަލްތައް ނަގާފައިވާކަމަށެވެ. އަދި މައްސަލައިގައި ހިމެނޭ ފަތުރުވެރިޔާއާއި އޭނާއާއި ގަދަކަމުން ބަދުއަޚުލާގީ ޢަމަލު ހިނގިކަމަށް ބުނާ މީހާއާއި ސުވާލުކޮށް އެމީހުންގެ ބަޔާން ނަގާފައިވާކަމަށް ފުލުހުން ބުނެއެވެ. އަދި މިމައްސަލައިގައި ހިމެނޭ ފަތުރުވެރިޔާއަށް ބޭނުންވާ ސިއްޙީ އެހީތެރިކަމާއި ބޭނުންވާ އެހެނިހެން އެހީތެރިކަން ފުލުހުންގެ ފަރާތުން ފޯރުކޮށްދީފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ރޭޕާއި ގުޅުންހުރި މިފަދަ މައްސަލަތަކަކީ ފުލުހުން ވަރަށް ސީރިއަސްކަމާއި ޕްރޮފެޝަނަލްކަމާއެކު ބަލާ ފިޔަވަޅު އަޅާނެ މައްސަލަތައްކަމަށް ފުލުހުން ވިދާޅުވެއެވެ. އެހެންކަމުން މިހާރު ބަލަމުން އަންނަ ފަތުރުވެރިޔާ ރޭޕްކުރި މައްސަލައަށްވެސް އިންސާފު ހޯދައިދިނުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނެކަމުގެ ޔަގީންކަން ފުލުހުން ވަނީ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު