ރަައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލަމާތީ ޚިދުމަތްތަކާބެހޭ ކޮމެޓީ ނުވަތަ 241 ކޮމެޓީ ނުބާއްވަން އުޅެނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މޮރިޝަޝްއަށް ފޮނުއްވި ސިޓީފުޅުގެ ހަގީގަތް އާންމުންނަށް އެނގި އިދިކޮޅު ފަރާތްތައް "ބަރަހަނާވާނެތީ" ކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅުގައި ހުރީ ރާއްޖެއާއި ޗާގޯސް ކަނޑުގެ ސަރަހައްދުން ފުށުއަރާބައިގެ މައްސަލައާއި ގުޅުންހުރި ވާހަކަފުޅު ތަކެއް ކަމަށް ބުނެ އެސިޓީފުޅާއި ގުޅުވައިގެން އިދިކޮޅުން ވަނީ ރައީސްގެ އިސްތަށިފުޅުގައި ހުތުރު ތުހުމަތުތައް އަޅުވައި އެމަނިކުފާނުގެ އަބުރުފުޅަށް ވެސް އަރައިގެންފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ދަފްތަރަށް އައި ބަދަލާއެކު ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ނުދާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އިސްކޮށް ހުންނަވައިގެން ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް ހުއްޓުވާލާފައިވާ ކަމަށް އެމާމްޑީޕީގެ މަޖިލިސް މެންބަރު ވިދާޅުވާއިރު، މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތްތައް ކުރިއަށް ނުގޮސް ހުއްޓިފައި އޮންނަތާ މިހާރު ހަފުތާ ތަކެއް ވެއްޖެއެވެ.
މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވީ 241 ކޮމެޓީ ނުބާއްވަން އުޅެނީ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް މޮރިޝަޝް އަށް ފޮނުއްވި ސިޓީފުޅު އާންމުންނަށް ފެނިދާނެތީ ކަމަށެވެ. އެސިޓީފުޅު އާންމުންނަށް ފެނިއްޖެނަމަ "އޮރިޔާންވާނީ" އެ ސިޓީފުޅާއި ގުޅޭގޮތުން ވާހަކަ ދެއްކެވި ބޭފުޅުން ކަމަށް ޝިފާއު ވިދާޅުވިއެވެ.
"ރައީސުލްޖުމުހޫރިއްޔާ އެ ފޮނުއްވި ސިޓީފުޅު ފެނިދާނެތީ ރައްޔިތުންނަށް އޭގަ އޮތް އެއްޗެއް ރަނގަޅަށް ސާފުވެދާނެތީ 241 ކޮމެޓީ ބޭއްވިޔަ ނުދީގެން އެ އުޅެނީ. އެ ސިޓީގެ ވާހަކަ ދެއްކި ބޭފުޅުން ރަނގަޅަށް އޮރިޔާންވާނެތީ،" ޗާގޯސްގެ ސިޔާދަތީ ބާރާއި ގުޅޭ ގޮތުން މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ފޮނުއްވި ސިޓީފުޅަށް އިޝާރަތް ކުރަށްވަމުން ޝިފާއު ވިދާޅުވިއެވެ.
އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕުން ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން 241 ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް ވިދާޅުވީ އެންމެ އަވަހަށް އޮންނަ އެ ކޮމިޓީގެ ބައްދަލުވުމެއްގައި އެ ސިޓީފުޅު ހޯދަން ރައީސް އޮފީހުގައި އެދިވަޑައިގަންނަވާނެ ކަމަށެވެ.
މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ފޮނުއްވި ސިޓީފުޅު، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ)އިން ހޯދަން ރައީސް އޮފީހުގައި އެދިއްޖެނަމަ އެ ސިޓީފުޅު އެ ކޮމިޓީއަށް ހާމަކުރާނެ ކަމަށް ސަރުކާރުން ވެސް ވަނީ ބުނެފައެެވެ.
ދާދިފަހުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުޙައްމަދު ވިދާޅުވީ މި ވަގުތު މޮރިޝަސްގެ ބޮޑުވަޒީީރަށް ރައީސް ފޮނުއްވި ސިޓީފުޅުގެ ވާހަކަ ދައްކަވާ ބޭފުޅުން ދައްކަވަނީ ސިޔާސީ ބޭނުމެއްގައި އެކަނި ކަމަށެވެ.
ރައީސް މޮރިޝަޝްއަށް ފޮނުއްވި ސިޓީފުޅަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލަން ސަރުކާރުން އެއްބަސްވެފައިވާ ސިޓީފުޅެއް ކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ބުނެފައެވެ. ނަމަވެސް ސަރުކާރުން ތަކުރާރުކޮށް ބުނެފައި ވަނީ އެފަދަ އެއްވެސް ކަމަކަށް އެއްބަސްވެފައި ނުވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު