ރާއްޖޭގެ ޖަލުތަކުގައި ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމާއި ގުޅޭގޮތުން ބައިނަލްއަޤްވާމީ މާހިރުންނާއެކު މަޝްވަރާކުރުމަށް، މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ.
"ރީޖަނަލް ކައުންޓަރިންގ ވަޔަލެންޓް އެކްސްޓްރީމިޒްމް އިން ޕްރިޒަންސް (ސީވީއީ-ޕީ) ވޯކްޝޮޕް” ގެ ނަމުގައި ބޭއްވި މި މަސައްކަތު ބައްދަލުވުމަކީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސްގެ ދަށުން ހިންގާ އިންޓަރނޭޝަނަލް ކްރިމިނަލް އިންވެސްޓިގޭޓިވް ޓްރޭނިންގ އެސިސްޓަންސް ޕްރޮގްރާމް (އައިސިޓެޕް) އިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އާ ގުޅިގެން ބޭއްވި ބައްދަލުވުމެކެވެ.
މިހިނގާ ޖޫން 19 ން 22، އަށް ކްރޮސްރޯޑްސް ރިސޯޓްގައި ކުރިއަށްދިޔަ މި ވޯކްޝޮޕްގައި 70އަށްވުރެ ގިނަ ބައިވެރިން، ބައިވެރިވެފައިވެއެވެ.
މި ވޯކްޝޮޕްގެ މަޤްޞަދަކީ ޖަލުތަކުގައި ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމާ ބެހޭގޮތުން ކޮށްފައިވާ ތަޖުރިބާތަކާއި ކުރިމަތިވާ ގޮންޖެހުންތަކާއި އެހެން ޤައުމުތަކުގައި އެކަމާ ގުޅިގެން ކުރަމުންދާ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކޮށް، މާހިރުންގެ އިރުޝާދު ހިއްސާކުރުމެވެ.
މި ވޯކްޝޮޕްގައި އައިސިޓެޕްގެ މާހިރުން ސެޝަންތައް ނަންގަވައިދެއްވިއިރު، ބައިވެރިވި ގައުމުތަކުގެ ވަފްދުން ކަންޓްރީ ރިޕޯޓާއި އެކި މޮޑިއުލްތަކަށް ޕްރެޒެންޓޭޝަން ހުށަހަޅާފައިވެއެވެ. އެގޮތުން ގްލޯބަލް ޕަރސްޕެކްޓިވްސް އޮން ސީވީއީ-ޕީ ޕްރޮގްރާމްސް، ޕްރިޒަން އިންޓެލިޖަންސް، ހައި ސެކިއުރިޓީ ޕްރިޒަން އޮޕަރޭޝަންސް، ފެއިތް-ބޭސްޑް ކައުންސެލިންގ، ސައިކޯ-ސޯޝަލް އެސްޕެކްޓް އޮފް ކައުންޓަރިން ވަޔޮލަންޓް އެކްސްޓްރީމިޒްމް ހިމެނެއެވެ.
ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުގެ ތެރޭގައި މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން ޢަބްދުﷲ، ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދު ފުޅު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ، އެމްސީއެސްގެ ކޮމިޝަންޑް އޮފިސަރުންނާއި ރިހެބިލިޓޭޝަން އެންޑް ރީއިންޓެގްރޭޝަން ކޮމާންޑްގެ މުވައްޒަފުން ހިމެނެއެވެ.
ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުގެ އިތުރުން ފިލިޕީންސް، ސިންގަޕޯރ، އިންޑޮނޭޝިއާ، ބަންގްލަދޭޝް އަދި ކޮސޯވޯގެ ވަފްދުތައް މި ވޯކްޝޮޕްގައި ބައިވެރިވިއެވެ. އަދި މިނިސްޓްރީ އޮފް ހޯމް އެފެއާޒް، ނެޝަނަލް ރީއިންޓަގްރޭޝަން ސެންޓަރ، މޯލްޑިވްސް ޕޮލިސް ސަރވިސް، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފިސް އަދި ޓްރާންސްޕޭރަންސީ މޯލްޑިވްސްއިންވެސް މި ވޯކްޝޮޕްގައި ބައިވެރިވެފައިވެއެވެ.

ޖަލުތަކުގައި ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމާ ގުޅޭގޮތުން ރާއްޖޭގައި ސަރަހައްދީ ވޯކްޝޮޕް ބާއްވައިފި https://t.co/zFHboWBWpm pic.twitter.com/xQtNX7izKp
— Maldives Correctional Service (@CorrectionsMv) June 22, 2023
މި ވޯކްޝޮޕްގައި އައިސިޓެޕްގެ މާހިރުން ސެޝަންތައް ނަންގަވައިދެއްވިއިރު، ބައިވެރިވި ގައުމުތަކުގެ ވަފްދުން ކަންޓްރީ ރިޕޯޓާއި އެކި މޮޑިއުލްތަކަށް ޕްރެޒެންޓޭޝަން ހުށަހަޅާފައިވެއެވެ. އެގޮތުން ގްލޯބަލް ޕަރސްޕެކްޓިވްސް އޮން ސީވީއީ-ޕީ ޕްރޮގްރާމްސް، ޕްރިޒަން އިންޓެލިޖަންސް، ހައި ސެކިއުރިޓީ ޕްރިޒަން އޮޕަރޭޝަންސް، ފެއިތް-ބޭސްޑް ކައުންސެލިންގ، ސައިކޯ-ސޯޝަލް އެސްޕެކްޓް އޮފް ކައުންޓަރިން ވަޔޮލަންޓް އެކްސްޓްރީމިޒްމް ހިމެނެއެވެ.
ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުގެ ތެރޭގައި މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން ޢަބްދުﷲ، ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދު ފުޅު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ، އެމްސީއެސްގެ ކޮމިޝަންޑް އޮފިސަރުންނާއި ރިހެބިލިޓޭޝަން އެންޑް ރީއިންޓެގްރޭޝަން ކޮމާންޑްގެ މުވައްޒަފުން ހިމެނެއެވެ.
ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުގެ އިތުރުން ފިލިޕީންސް، ސިންގަޕޯރ، އިންޑޮނޭޝިއާ، ބަންގްލަދޭޝް އަދި ކޮސޯވޯގެ ވަފްދުތައް މި ވޯކްޝޮޕްގައި ބައިވެރިވިއެވެ. އަދި މިނިސްޓްރީ އޮފް ހޯމް އެފެއާޒް، ނެޝަނަލް ރީއިންޓަގްރޭޝަން ސެންޓަރ، މޯލްޑިވްސް ޕޮލިސް ސަރވިސް، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފިސް އަދި ޓްރާންސްޕޭރަންސީ މޯލްޑިވްސްއިންވެސް މި ވޯކްޝޮޕްގައި ބައިވެރިވެފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު