މަޖިލިސް ހުއްޓުމަކީ ޤާނޫނީ ހައްގުތައް ކަށަވަރުކުރުމަށް އެޅޭ ހުރަހެއްކަމަށް ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަން، އެޗްއާރުސީއެމުން ބުނެފިއެވެ.
އެޗްއާރުސީއެމުން މިހެން ބުނެފައިވަނީ މަޖިލީހުގެ މަސައްކަތްތައް ހުއްޓިފައި އޮތުމާއި ގުޅިގެން ނެރުނު ބަޔާނެއްގައެވެ.
އެޗްއާރުސީއެމްގެ ބަޔާނުގައި ބުނީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް އެންމެ ފުރިހަމައަށް ހިނގަމުން ނުދިއުމަކީ އިންސާނީ ހައްގުތަކާއި ގުޅުންހުރި ޤާނޫނީ ނިޒާމް އެންމެ ފުރިހަމައަށް ހިނގަމުންދިޔުމަށް އެޅިގެންދާ ހުރަހެއްކަމަށާއި، އެއީ ހިއުމަން ރައިޓްސް ކޮމިޝަނުން އޮފް ދަ މޯލްޑިވްސްއިން ވަރަށް ބޮޑަށް ކަންބޮޑުވާ މައްސަލައެއްކަމަށެވެ.
ހިއުމަން ރައިޓްސް ކޮމިޝަނުގެ ބަޔާނުގައި ބުނީ ރައްޔިތުންގެ ހައްގުތަކާއި ގުޅުންހުރި މުހިއްމު މަސައްކަތްތަކެއް މަތިކުރެވިފައިވާ މުއައްސަސާއެއްގެ މަސައްކަތް ހުއްޓުމަށް އައުމަކީ އެ ކޮމިޝަނުގެ ވަރަށް ބޮޑު ކަންބޮޑުވުމެއްކަމަށާއި އެކަމުގެ ސަބަބުން ޤާނޫނީ ނިޒާމުގެ ތެރެއިން ހައްގުތައް ކަށަވަރުކުރުމަށް ހުރަސްއެޅޭ އެޅޭކަމަށެވެ.
މަޖިލީހަކީ ދައުލަތުގެ އެހެން މުއައްސަސާތައް ޖަވާބުދާރީކުރުވުމަށް އޮންނަ މުއައްސަސާއަށްވާއިރު، އެތަނުގެ މަސައްކަތް ހުއްޓުުމުން އެއް ބާރު އަނެއް ބާރަށް ފާރަވެރިވެ، ޖަވާބުދާރީކުރުވުމަށް ހުރަސް އެޅޭނޭކަންވެސް މި ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މި ބަޔާނުގައި އެޗްއާރުސީއެމުން ވަނީ ރިޔާސީ އިންތިހާބާއި ގުޅުންހުރި މަސައްކަތްތަކާއި އިލެކްޝަންސް ކޮމިޝަނަށް މެމްބަރެއް އައްޔަންކުރުމުގެ މަސައްކަތްވެސް ކުރިއަށް ނުގެންގޮސް، މަޖިލިސް ޗުއްޓީޢަށް ދިއުމުން އިލެކްޝަންސްގެ ޤާނޫނީ ޒިންމާ އަދާކުރުމަށް ދަތިތަކެއް ކުރިމަތިވުމުގެ ފުރުސަތު އޮންނާނެކަން ވެސް ފާހަގަކޮށްފައެވެ.
އެހެންކަމުން މަޖިލީހުގެ މަސައްކަތްތައް ހުއްޓުމަކީ އިންސާނީ ހައްގުތަކާއި ގުޅުންހުރި ޤާނޫނީ ނިޒާމް އެންމެ ފުރިހަމައަށް ހިނގަމުންދިއުމަށް އެޅިގެންދިޔަ ހުރަހެއްކަމަށް ބުނެ އެޗްއާރުސީއެމުން ނެރުނު ބަޔާނުގައި ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ނޫސް ބަޔާން
— HRC of the Maldives (@hrcmv) June 22, 2023
އިތުރަށް ވިދާޅުވުމަށް: https://t.co/fzZzwgY5GN pic.twitter.com/FqChl1arlG
ހިއުމަން ރައިޓްސް ކޮމިޝަނުގެ ބަޔާނުގައި ބުނީ ރައްޔިތުންގެ ހައްގުތަކާއި ގުޅުންހުރި މުހިއްމު މަސައްކަތްތަކެއް މަތިކުރެވިފައިވާ މުއައްސަސާއެއްގެ މަސައްކަތް ހުއްޓުމަށް އައުމަކީ އެ ކޮމިޝަނުގެ ވަރަށް ބޮޑު ކަންބޮޑުވުމެއްކަމަށާއި އެކަމުގެ ސަބަބުން ޤާނޫނީ ނިޒާމުގެ ތެރެއިން ހައްގުތައް ކަށަވަރުކުރުމަށް ހުރަސްއެޅޭ އެޅޭކަމަށެވެ.
މަޖިލީހަކީ ދައުލަތުގެ އެހެން މުއައްސަސާތައް ޖަވާބުދާރީކުރުވުމަށް އޮންނަ މުއައްސަސާއަށްވާއިރު، އެތަނުގެ މަސައްކަތް ހުއްޓުުމުން އެއް ބާރު އަނެއް ބާރަށް ފާރަވެރިވެ، ޖަވާބުދާރީކުރުވުމަށް ހުރަސް އެޅޭނޭކަންވެސް މި ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މި ބަޔާނުގައި އެޗްއާރުސީއެމުން ވަނީ ރިޔާސީ އިންތިހާބާއި ގުޅުންހުރި މަސައްކަތްތަކާއި އިލެކްޝަންސް ކޮމިޝަނަށް މެމްބަރެއް އައްޔަންކުރުމުގެ މަސައްކަތްވެސް ކުރިއަށް ނުގެންގޮސް، މަޖިލިސް ޗުއްޓީޢަށް ދިއުމުން އިލެކްޝަންސްގެ ޤާނޫނީ ޒިންމާ އަދާކުރުމަށް ދަތިތަކެއް ކުރިމަތިވުމުގެ ފުރުސަތު އޮންނާނެކަން ވެސް ފާހަގަކޮށްފައެވެ.
އެހެންކަމުން މަޖިލީހުގެ މަސައްކަތްތައް ހުއްޓުމަކީ އިންސާނީ ހައްގުތަކާއި ގުޅުންހުރި ޤާނޫނީ ނިޒާމް އެންމެ ފުރިހަމައަށް ހިނގަމުންދިއުމަށް އެޅިގެންދިޔަ ހުރަހެއްކަމަށް ބުނެ އެޗްއާރުސީއެމުން ނެރުނު ބަޔާނުގައި ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު