ބ. އޭދަފުށީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު ސަރުކާރުން މިއަދު އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.
މި މަޝްރޫޢު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައ،ި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމްއެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވ،ީ ޕަރމަނަންޓް ސެކްރެޓަރ،ީ ޒީނިޔާ ހަމީދެވެ.
3469 އާއި ލަފާކުރާ އާބާދީއެއް އޮންނަ ބ. އޭދަފުށީ ރައްޔިތުން އާމްދަނީ ހޯދުމަށްޓަކައި އާއްމުކޮށް ހަރަކާތްތެރި ވަނީ މަސްވެރިކަމާއި ފަތުރުވެރިކަމުގެ ދާއިރާގައެވެ. ރަށުގައި މަހަށް ފުރާ 6 ދޯނި އޮވެއެވެ. އަދި "ސްޕޯރޓްސް ފިޝިންގ"އަކީ މި ރަށު ޒުވާނުންގެ މެދުގައި މިހާރު ޝައުޤުވެރިކަން އިތުރުވަމުން އަންނަ ދާއިރާއެކެވެ. ފަތުރުވެރިކަމުގެ ދާއިރާއަށް ބަލާއިރު ބ. އަތޮޅަކީ އެންމެ މުއްސަނދި ރިސޯޓްތައް އޮޕަރޭޓްކުރާ އެއް އަތޮޅެވެ. މިހެންކަމުުން އޭދަފުށްޓަށް ޒިޔާރަތްކުރާ ފަތުރުވެރިން ވަރަށް ގިނައެވެ.
މިއަދު ސޮއިކުރެވުނު ބ. އޭދަފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢަކީ މަސްވެރިކަމާއި ފަތުރުވެރިކަމުގެ ދާއިރާއަށްވެސް އިތުރު އާރޯކަމެއް އަންނާނެ މަޝްރޫޢެކެވެ، މި މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު ރައްޔިތުންނާއި ފަތުރުވެރިން އަރާ ފޭބުމަށާއި މުދާ ބޭލުމަށް ލުއިފަސޭތަކެއް ވެގެންދާނެކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ. އަދި މަސްވެރިންނަށް އޮޑި ދޯނި ފަހަރު އަޅާފައި ބާއްވާނެ ޖާގަތަނަވަސް ޒަމާނީ ބަނދަރެއްވެސް ލިބިގެންދާނެއެވެ.
މި މަޝްރޫޢުގެ ދަށުނ،ް 28,304 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއ،ި 3354 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއ،ި 170 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއ،ި 383 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެއެވެ. އަދި 402 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށިލުމާއި މޫރިންގ ބޯއީސް ހަރުކުރުމާއި 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، 18 މީޓަރު ދިގު 2 މީޓަރު ފުޅާ ބްރިޖެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުންވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.
މި މަޝްރޫޢަކީ 64.67 މިލިއަން ރުފިޔާއަށް 450 ދުވަސް ތެރޭ ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓެއް ހެދުމަށްފަހުކަމަށް އެމްޓީސީސީން ބުނެއެވެ.

ބ.އޭދަފުށި ބަނދަރު ހެދުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އާ ހަވާލުކޮށްފިއެވެ.
— Min.of National Planning, Housing & Infrastructure (@MoNPHImv) June 22, 2023
69،852،636.36 ރުފިޔާއަށް މި މަސައްކަތް ހަވާލުކޮށްފައިވަނީ 450 ދުވަހުގެ ތެރޭ ނިންމުމަށެވެ. pic.twitter.com/BoTwHlDyYT
މިއަދު ސޮއިކުރެވުނު ބ. އޭދަފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢަކީ މަސްވެރިކަމާއި ފަތުރުވެރިކަމުގެ ދާއިރާއަށްވެސް އިތުރު އާރޯކަމެއް އަންނާނެ މަޝްރޫޢެކެވެ، މި މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު ރައްޔިތުންނާއި ފަތުރުވެރިން އަރާ ފޭބުމަށާއި މުދާ ބޭލުމަށް ލުއިފަސޭތަކެއް ވެގެންދާނެކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ. އަދި މަސްވެރިންނަށް އޮޑި ދޯނި ފަހަރު އަޅާފައި ބާއްވާނެ ޖާގަތަނަވަސް ޒަމާނީ ބަނދަރެއްވެސް ލިބިގެންދާނެއެވެ.
މި މަޝްރޫޢުގެ ދަށުނ،ް 28,304 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއ،ި 3354 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއ،ި 170 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއ،ި 383 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެއެވެ. އަދި 402 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށިލުމާއި މޫރިންގ ބޯއީސް ހަރުކުރުމާއި 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، 18 މީޓަރު ދިގު 2 މީޓަރު ފުޅާ ބްރިޖެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުންވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.
މި މަޝްރޫޢަކީ 64.67 މިލިއަން ރުފިޔާއަށް 450 ދުވަސް ތެރޭ ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓެއް ހެދުމަށްފަހުކަމަށް އެމްޓީސީސީން ބުނެއެވެ.
ކިޔުންތެރިންގެ ހިޔާލު